ދިވެހިރާއްޖެ
ނަމްބަރ: (IUL)KRH-PLD/2020/24
އިޢުލާން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން |
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި މެނޭޖަރ ލެވެލްގެ ބޭފުޅުން ތިއްބެވުމަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއެވެ.
ވީމާ، މި ދެންނެވި އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚު ތަކުގައި ހޮސްޕިޓަލް މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.
- · މައުލޫމާތު ސާފުކުރުން
01 ޖުލައި 2020 ވާ ބުދަ ދުވަހުގެ 11:00 އަށް
- · ޕްރޮޕޯސަލް ހުށަހެޅުން
08 ޖުލައި 2020 ވާ ބުދަ ދުވަހުގެ 11:00 އަށް
މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
03 ޛުލްޤައިދާ 1441
24 ޖޫން 2020