ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫ ބަނދަރުގެ އެކި ސަރައްހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނައްތާ ލުމާއި ގުޅޭ

 

 

އިޢުލާން

 

ކުނަހަންދޫ ބަނދަރުގެ އެކި ސަރައްހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނައްތާ ލުމާއި ގުޅޭ

           

             މިހާރަކަށް އައިސް ކުނަހަންދޫގެ ބަނދަރުގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ކުންޏާއި ލަކުޑި އަދި އެކި ބާވަށް ބާވަތުގެ ތަކެތި ގިނަދުވަސްތަކެއް ވަންދެން ބަހައްޓަމުން ދާކަން މި ކައުންސިލަށް ދަނީ ފާހަގަ ކުރެވުމުންނެވެ. އެގޮތުން މިހާރުވެސް ބަނދަރު ސަރަހައްދުގައި ބޮޑު ދަރުފުންޏެއް މީހުންނަށް އުނދަގޫވާ ގޮތަށް ހުރިކަން ފާހަގަ ކޮށްލަމެވެ. ބަނދަރަކީ ރަށުގެ މަލަމަތި ކަމުގައި ވެފައި އާންމު ރައްޔިތުން އެކިއެކި ބޭނުން ތަކުގައި އަބަދުވެސް ގޮސް އުޅޭ ތަނެކެވެ.

             އެގޮތުން ބަނދަރުގައި ބަހައްޓާތަކެތި ގިނަވެގެން 3 ދުވަހަށް ވުރެ ދިގު މުއެްދަތަކަށް ނުބެހެއްޓުމަށް ދަންނަވަމެވެ. އަދި މިހާރު ބަނދަރުގައި ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 5ދުވަސްތެރޭގައި އެ ތަކެތީގެ ވެރިފަރާތުން ގެންދެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުގެންގޮސްފި ނަމަ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެތަކެއްޗާއި މެދު އަމަލު ކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

02 ޒުލްޤައިދާ 1441

23  ޖޫން  2020

        

 

23 ޖޫން 2020
ހޯދާ