އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލް ދަނޑުގެ ނުނިމިހުރި ބައެއް މަސައްކަތްތަކަށް ބިޑް ހުށަހެޅުމާއި ގުޅޭ.

މިރަށުގައި ހަދަން ފަށާފައިވާ ފުޓްސެލް ދަނޑުގެ ނުނިމިހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރައިގެ ނަންބަރު: (IUL)347/347/2020/45 (15 ޖޫން 2020) އިޢުލާނާއި ގުޅިގެން، އަގު ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ތިރީގައި އެވާ ތާރީޚުތަކަށް ފަސްކޮށްފީމެވެ.  

  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2020 ޖޫން 25 ވާ ބުރާސްފަތި ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑިއަކާއި ކުރިޔަށް ގެންދާނެގޮތް ބިޑް ހުށަހަޅަން ރަޖިސްޓްރީ ކުރި ފަރާތްތަކަށް އަންގާނެއެވެ.)   
  • އަގު ހުށަހެޅުން 2020 ޖުލައި 06 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00

އިތުރު މަޢުލޫމާތު ސާފުކުރުމަށް އެދޭ ފަރާތްތަކުން 6680633 ނުވަތަ 9846689 ނަންބަރަށް ގުޅުއްވުން އެދެމެވެ.

23 ޖޫން 2020
ހޯދާ