ދިވެހިރާއްޖެ
ކޯވިޑް-19 އާއި ގުޅިގެން HPA އިން ނެރުއްވާފައިވާ ޞިއްހީ ކުއްލިނުރައްކަލުގެ ހާލަތުގެ ދަށުން މާލެސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާރުކޭޓުތައް ބަންދުކުރެވިފައިވާތީ، މާރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް މިކައުންސިލްގެ ނަމްބަރ (IUL)425-CB/1/2020/56 ( 01 މެއި 2020 ) ގައި ކުރި އިޢުލާނާއި ގުޅިގެން ދީފައިވާ މުއްދަތުގައި އަދިވެސް ބައެއް ގޮޅިތަކުން މުދާހުސްކޮށްފައިނުވާތީ ، 23 ޖޫން 2020 ގެ އަވީރު 18:00ގެ ނިޔަލަށް އެފަދަ ގޮޅިތަކުގައި ހުރި ހުރިހާ ތަކެތި ނެންގެވުމަށާއި، ގުދަނުގެ ގޮތުގައި ހަދާފައި ހުރި ގޮޅިތައްވެސް ރޫޅާ ހުރިހާތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުރި އެފަދަ ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ގުދަނުގެ ގޮތުގައި ހަދާފައިހުރި ގޮޅިތައް ރޫޅާލާ މުޅި މާރުކޭޓް ،ދޮވެ ސާފުކުރުމަށް ފަހު ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ،ގޮޅިތަކުގެ ވެރިފަރާތްތަކަށް މިކަން އަންގާ އިޢުލާނު ކުރީމެވެ.
މާރުކޭޓުން ތަކެތި ނެރުމަށް ހުޅުވަން ހަމަޖެހިފައިވާ ގަޑިތައް: ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކު ހެދުނު 8:00 އިން 18:00 އަށް. ( 23 ޖޫން 2020 ގެ ނިޔަލަށް )
28 ޝައްވާލް 1441
20 ޖޫން 2020