ދިވެހިރާއްޖެ
ނަމްބަރ: (IUL)KRH-PLD/2020/23
އިޢުލާން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުން |
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި ގުދަންކޮށްގެން ބެލެހެއްޓުމަށް ބޭނުންވާ ތަކެތި ރައްކާކުރުމަށްޓަކައި ގުދަނެއް 2 (ދެއެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއެވެ.
ވީމާ، މި ދެންނެވި ގުދަން ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚު ތަކުގައި ހޮސްޕިޓަލް މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.
- · މައުލޫމާތު ސާފުކުރުން
25 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް
- · ޕްރޮޕޯސަލް ހުށަހެޅުން
02 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް
މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
26 ޝައްވާލް 1441
18 ޖޫން 2020