ދިވެހިރާއްޖެ
c
ANGOLHITHEEM SCHOOL އަނގޮޅިތީމް ސްކޫލް
ރ.އަނގޮޅިތީމް R.Angolhitheem ދިވެހިރާއްޖެ Republic of Maldives
ނަމްބަރ:GS125/IUL/2020/02
އިޢުލާން
ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ
މިސުކޫލުގެ އިޢުލާން ނަންބަރ GS125/IUL/2020/01 މިސުކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ކުރި އިޢުލާނު ބާތިލްވުމާއި ގުޅިގެން މިސުކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް / އެޕާރޓްމެންޓެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.
- މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 25 ޖޫން 2020ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.
- އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
އެޕާރޓްމެންޓް / ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 29 ޖޫން 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، " ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް / އެޕާރޓްމެންޓެއް ކުއްޔަހިފުން" މިހެން ލިޔެފައި އޮންނަންވާނެއެވެ މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.
25 ޝައްވާލް 1441
17 ޖޫން 2020