މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރޭގައި މަދިރި އާލާވާގޮތަށް ހުރި ބޮނބި ޓައްޕުތަށް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ގުޅޭ

 

                                  ނަންބަރ: IUL)285-A/285/2020/30)

 

ޚާއްސަ އެންގުން

ރަށުތެރޭގައި މަދިރި އާލާވާގޮތަށް ހުރި ބޮނބި ޓައްޕުތަށް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ގުޅޭ

       ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމަކީ ރަށުގައި މަދިރި އާލާވެ، މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެށްކަމަށްވާ ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތަށް ފެތުރޭ ދުވަސްވަރަކަށް ވަނީ ވެފައެވެ. މި ނުރައްކާތެރިބަލިތަށް ފެތުރެން ދިމާވާ މައިގަނޑު ސަބަބަކަށް ވެފައިވަނީ،  ރަށުގެ އެކި ސަރަހައްދު ތަކުގައާއި ގޯތިތެރޭގައި ބޮނބިފާކުރުމަށްޓަކައި އެކި ފާޑުފާޑުގެ ހަންބުރިތަކަށް ފެންއަޅައި މަދިރި އާލާވާގޮތަށް ހުރުމުންކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ. މަދިއަކީ ނުރައްކާތެރި ބަލި ފެތުރޭ އެއްޗަކަށްވާތީ، މަދިރި އުފެދޭ ތަންތަން ހުރިތޯ ބެލުމަށްޓަކައި ކަމާބެހޭ މުވައްސަސާތަކުގެ ބޭފުޅުން ދާއިރު މަދިރި އުފެދޭގޮތަށް ބޮނބިއަޅާފައިވާ ހަންބުރިތަށް ބެލުމުގެ ފުރުސަތު ނުލިބޭތީއާއި ބޮނބިފާކޮށްފައި ގޯތި ތެރޭގައި ހުރުމުގެ ސަބަބުން ޖެހިގެން ހުންނަގެއަށް ނުބައިވަސް ދުވާކަމުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ. ވީމާ، ބޮނބިއަޅާފައިވާ ތަކެތީގައި މަދިރި އުފެދޭތޯ ބެލުމާއި ޖެހިގެން ހުންނަގެއަށް ވަސްދުވާ މައްސަލަ ހައްލުކުރެވޭނީ ކައުންސިލުން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި އެތަކެތި ބަހައްޓަކައިގެންކަމަށް ފެންނާތީ، މި ކައުންސިލްގެ 13 ވަނަ ކުއްލި ބައްދަލުވުމުން ވަނީ ބޮނބިފާކުރާނެ 3 ސަރަޙައްދެއް ކަނޑައަޅާފައެވެ. މިތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަށް ތިރީގައި އެވަނީއެވެ.

  1. ޖަންބުގެ އުތުރުން އޮންނަ މަގުގެ އުތުރުން ފެށިގެން ބުލްބުލާގެއާއި ހަމައަށް.
  2. ކުނިކޮށީގެ ދެކުނުފަރާތު ސަރަޙަދު.
  3. މުރިނގު ދެކުނުން އޮންނަ މަގުގެ ދެކުނުން ފެށިގެން ވޮލީކޯޓާހަމައަށް.

ވީމާ، 16 ޖޫން 2020 ން ފެށިގެން  10 ޖުލައި 2020 ގެ ނިޔަލަށް ކާކު އެއްޗެއްކަން އެނގޭގޮތަށް ގޭގެ ނަން ނުވަތަ ގޭގެ ނަންބަރު ޖެހުމަށްފަހު، ބޮނބިއަޅާ ހުރިހާތަކެތި މި ސަރަޙައްދުތަކަށް ގެންގޮސް މަދިރި އާލާނުވާނެހެން، މަތީގައި ސަތަރިފަދަ އެއްޗެށް އަޅާ މަތިއައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ. މީގެ ފަހުން ގޯތިތެރޭގައި ބޮނބިފާކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

16 ޖޫން 202

 

24 ޝައްވާލް 1441

 

                                                     

                                                            

16 ޖޫން 2020
ހޯދާ