ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ޕްރީ ސްކޫލްގައި ޕްލޭ ހައުސްއެއް ހެދުމާއި، 02 ގޭޓް ހެދުމާއި، 02 ދިދަދަނޑި ޖެހުން.

އިޢުލާން

 

 

ތ. ކަނޑޫދޫ ޕްރީ ސްކޫލްގައި ޕްލޭ ހައުސްއެއް ހެދުމާއި،

02 ގޭޓް ހެދުމާއި، 02 ދިދަދަނޑި ޖެހުން.

 

            ތ. ކަނޑޫދޫ ޕްރީ ސްކޫލްގައި ޕްލޭ ހައުސް ހެދުމާއި، 02 ގޭޓް ހެދުމާއި، އަދި 02 ދިދަދަނޑި އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)387/387/2020/34 (18 މާރިޗު 2020)ގެ އިއުލާނާ ގުޅިގެން އެއްވެސްފަރާތަކުން ބިޑް ޑޮކިއުމަންޓް ގަނެފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

                  ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 25 ޖޫން 2020 ވަނަދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ދުރުވެ ބިޑް ޑޮކިއުމެންޓް ބައްލަވައި ގަތުމަށްފަހު 06 ޖުލައި 2020 ވަނަދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ޕްރީމިޑް މީޓިންގ 25 ޖޫން 2020 ވަނަދުވަހު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑު ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑު ޑޮކިއުމަންޓް ސަރުކާރު ބަންދުނޫން ދުވަސްދުވަހު 12:00 އާއިހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑު ޑޮކިއުމަންޓް ގަތުމަށް ދައްކާ ފައިސާ އަނބުރާ ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  24 ޝައްވާލް 1441

                  16 ޖޫން    2020 

16 ޖޫން 2020
ހޯދާ