ދިވެހިރާއްޖެ
މި އިދާރައިގެ ނަންބަރު: (IUL)347/347/2020/1 އިޢުލާނާއި ގުޅިގެން، ފުޓްސެލް ދަނޑުގައި ކުރަންހުރި މަސައްކަތްތަކާއި ބެހޭގޮތުން ދީފައިވާ މަޢުލޫތާމުގައި ހިމެނޭ މަސައްކަތްތަކަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، މިހާރު ހަދަން ފަށާފައިވާ ފުޓްސެލް ދަނޑުގެ މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މަސައްކަތާބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2020 ޖޫން 23 ވާ އަންގާރަ ދުވަހުގައި އޮންނާނެއެވެ. ބައްދަލުވުން އޮންނާނެ ގަޑިއާއި ބައްދަލުވުން ކުރިޔަށް ގެންދާނެގޮތެއް، ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އަންގާނެވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް ބިޑު ހުށަހެޅޭނީ އެކަމަށް އެދި މި އިދާރާގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
ބިޑްހުށަހެޅުމަށް، ރަޖިސްޓްރީ ކުރުން ކުރިޔަށް ގެންދާނީ 2020 ޖޫން 17 އިން 2020 ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން ތިރީގައި އެވާ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް، 9846689 ނަންބަރަށް ވައިބަރ ކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރަން ވައިބަރ ކުރާ ލިޔުމުގައި، ކުންފުންޏަކުންނަމަ އެ ކުންފުނީގެ ރަސްމީ ސްޓޭމްޕް ޖަހަންވާނެއެވެ. އަމިއްލަ ފަރުދަކުނަމަ އެ ފަރާތެއްގެ ސޮއި ކުރަންވާނެއެވެ.
- ނަމާއި އެޑްރެސް.
- އައި.ޑީ.ކާޑް ނަންބަރު ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ނަންބަރު.
- ގުޅޭނެ ފޯނު / މޯބައިލް ނަންބަރު.
- އީ މެއިލް އެޑްރެސް (ބިޑަށް ރަޖިސްޓްރީވާ ފަރާތުގެ ނަމުގައި އީ މެއިލްއެއް ހަދާފައިނުވާނަމަމެސް ލިޔުން މެއިލްކުރާނެ މެއިލް އެޑްރެހެއް އޮންނަންވާނެއެވެ.)
ބިޑްހުށަހެޅުމާއި ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ޖޫން 29 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާގަ އެވެ.