ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ކައުންސިލް އިދާރާއަށް 01 ޓަނަށްވުރެ މަތީގެ ރަށު ޕިކަޕެއް ގަތުން
ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ ބޭނުމަށް 01 ޓަނަށްވުރެ މަތީގެ ރަށުޕިކަޕެއް ގަންނަން ކުރި ނަންބަރު (IUL)387/387/2020/28 (09 މާރިޗު 2020)ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ޑޮކިއުމަންޓް ގަނެފައިނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ރަށުޕިކަޕް ގަނެގެން މިއިދާރާއަށް ގެނެސްދިނުމަށް އެދިލައްވާ ފަރާތްތަކުން 10 ޖޫން 2020 ވަނަދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 15 ޖޫން 2020 ވަނަދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
16 ޝައްވާލް 1441
08 ޖޫން 2020