މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯމް ކަރަންޓީނު ވުމަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

އިޢުލާން

ހޯމް ކަރަންޓީނު ވުމަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް މާލެ ފުރަބަންދު ކުރުމާއި ގުޅިގެން މާލެއިން ރަށްރަށަށް ނުދެވި ތިބި ފަރާތްތައް ރަށްރަށަށް ފޮނުވުމުގެ ސިޔާސަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މިހިނގާ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން، ދަތުރުކުރަން ބޭނުންވާ ރަށެއްގައި ކަރަންޓީންވާން އެދޭ ފަރާތްތަކުން އިޚްތިޔާރުކުރާ ގެއެއް ނުވަތަ ތަނެއްގައި ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ނިންމަވާފައެވެ.

ވީމާ، މިރަށުގެ ރައްޔިތުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން މާލޭ ސަރަޙައްދު ފުރަބަންދު ކުރުމުގެ ސަބަބުން މާލެއިން ރަށަށް ނާދެވި ތިބި ފަރާތްތަކުން "ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ފުރަބަންދުގައި ވާ ފަރާތްތައް ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލު" އާއި އެއްގޮތަށް ކަރަންޓީނު ވުމަށް އެދޭ ފަރާތްތަކުން ކައުންސިލަށް ދުރުވެ، ނުވަތަ ކައުންސިލުގެ މެމްބަރ 9138782 ނުވަތަ ކައުންސިލްގެ މުނިސިޕަލް ސަރވިސް އޮފިސަރ 7887807 ފޯނާއި ގުޅުއްވާ 09 ޖޫން 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ނަންނޯޓު ކުރެއްވުން އެދެމެވެ. މިއިޢުލާނާއިއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ "ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ފުރަބަންދުގައި ވާ ފަރާތްތައް ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލު" އާންމު ކުރެވިފައިވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

15 ޝައްވާލު 1441

07 ޖޫން 2020
ހޯދާ