ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ފައިސާ ބަލައިގަތުމަށް ބަދަލު ގެނައުން

މިއިދާރާގެ ނަންބަރު (IUL)266/266/2020/57 (21 މެއި 2020) އިއުލާންއާ ގުޅޭގޮތުން ދަންނަވަމެވެ. ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން، މިއިދާރާއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ބޭންކު ޓްރާންސްފަރ މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާތީ، މިއިދާރާއަށް ދައްކަވަންޖެހޭ ފައިސާ ޤަވައިދުން ދައްކަމުން އައި ފަރާތްތަކަށް ޖޫރިމަނާއަކާނުލައި ފައިސާ ބަލައިގަންނަ މުއްދަތު 2020 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ އެކަން އާންމުކޮށް އަންގައި އިއުލާން ކުރަމެވެ. މިގޮތުން ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ޖަމާކުރައްވާއިރު ތަފްސީލް ލިޔުއްވަން ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ޖަމާކުރައްވާނީ ތިރީގައިވާ އެކައުންޓަށެވެ.

އެކައުންޓް ނަންބަރު:   001 700294 7706
އެކަންޓް ނަން:      1304 ކުޅުދުއްފުށީ ކައުންސިލް އިދާރާ ރެވެނިއު 1

ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ސްލިޕް 7318831 ނަންބަރު ފޯނަށް ވައިބަރ މެދުވެރިކޮށް ފޮނުވުއްވުމަށް ދަންނަވަމެވެ.

03 ޖޫން 2020
ހޯދާ