މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފްލެޓަށްއެދި ފޯމްހުށަހެޅުއްވި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ގުޅޭ

                       ނަންބަރު:48(IUL)321-A/321/2020/

އިޢުލާން

 

ބ. ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 50 ގޭގެ ތެރެއިން ބ. ތުޅާދޫ ރައްޔިތުންނަށް ދޫކުރާ 45 ގެއަށާއި ( ކެޓަގަރީ A ) އަދި ބ.ތުޅާދޫއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ 5 ގެއަށް ( ކެޓަގަރީB ) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 01 ޖޫން 2020 ން ފެށިގެން 10 ޖޫން 2020 ށް އިތުރުކޮށްފީމެވެ.

މިގޮތަށް މުއްދަތު އިތުރުކުރީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް 19 މާރޗް 2020 ން ފެށިގެން 30 މެއި 2020އާ ހަމައަށް ބަންދުވެފައިވާތީއެވެ.

ވީމާ، ލިސްޓަށް ޝަކުވާ ބަލައިގަތުން އޮންނާނީ ޖޫން 01، 02، 03، 08، 09 އަދި 10 ވަނަ ދުވަހުގެ ހެނދުނު 09:00 ން 13:00 އާ ހަމައަށެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަންވާނީ  ސިޓީ އަކުންނެވެ. އަދި އީމެއިލް ޛަރީއާއިން ޝަކުވާ ސީޓި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުން ބަލައިގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ހުށައަޅާ ސިޓީގައި ޝަކުވާ ހުށައަޅާ ފަރާތުގެ ފޯނު ނަންބަރާއި އައިޑީކާޑް ނަންބަރު އޮންނަންވާނެއެވެ. އަގަބަހުންނާއި ފޯނުން ހުށައެޅޭ ޝަކުވާތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

މިހެންވެ މިކަން ޢާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.

09    ޝައްވާލް 1441

01 ޖޫން 2020
ހޯދާ