ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެކްސްޕޯޓް ކުރުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިރާއްޖޭގައި މުދާ އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

ދުރުރާސްތާގެ އިޤްތިޞާދީ ތަރައްޤީ ހާސިލުކުރުމަށްޓަކައި، އިޤްތިސާދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ތެރެއިން ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ. އެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން އައު އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކުރެވޭ ފެންވަރު ރަގަޅު ދިވެހި އުފެއްދުންތައް ނެރުމެވެ. އަދި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ބްރޭންޑިންގ ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ޖޮއިންޓް-ވެންޗަރ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ދުރުރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.

ވިމާ، މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން، 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި ލިންކް (https://form.jotform.com/201366030096043) ގައިވާ ފޯމް ފުރުއްވާ، ނަން ނޯޓް ކުރެއްވުން އެދެމެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު މީސްމީޑިއާ މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާނެއެވެ.

 

31 މޭ 2020
ހޯދާ