ދިވެހިރާއްޖެ
އިޢުލާން
މާލޭ ސިޓީގެ ފުރަބަންދުގެ ޙާލަތުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކައް ހުއްދަ ދޫކުރުމާބެހޭ.
މާލޭ ފުރަބަންދު މުއްދަތުގެ ކުރިން މަސައްކަތް ފަށާފައިވާ ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދެއްވާފައިވާތީ، ކޮންސްޓްރަކްޝަން ސައިޓްތަކުގައި އެއްވެސް މަސައްކަތެއް ކުރައްވަން ބޭނުންވާ ފަރާތްތަކުން މާލޭ ސީޓީ ކައުންސިލަށް މިކަމަށް އެދި ހުށަހަޅުއްވަންވާނީ މާލޭ ސިޓީކައުންސިލްގެ ވެބްސައިޓް https://malecity.gov.mv ގައި މިކަމަށް ޚާއްޞަކުރެވިފައިވާ " ފަސޭހަ މަގު " https://faseyhagulhun.malecity.gov.mv/permit ޕޯޓަލް ގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު ވެބްސައިޓްގައިވާ ފުރަބަންދުގެ މުއްދަތުގައި މަސައްކަތް ކުރުމުގެ ހުއްދައަށް އެދޭ ފޯމާ އެކު އެސައިޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަޢުލޫމާތު ޝީޓާ އަދި ވޯރކް ޕާރމިޓްތަކުގެ ކޮޕީ [email protected] މި މެއިލް މެދުވެރިކޮށް ހުށަހެޅުއްވުމުންނެވެ.
އަދި ދަންނަވަމެވެ، ހުއްދަ ދޫކުރެވޭނީ ހުއްދައަށްއެދި ހުށަހަޅުއްވާ ކުންފުނީގެ މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ ކުންފުނީގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ކަމުގައި ވުމުންނެވެ.
ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.