މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
• 03 ކޮޓަރީގެ ގެއެއް ބޭނުންވެއްޖެ.

އިޢުލާން

  • 03 ކޮޓަރީގެ ގެއެއް ބޭނުންވެއްޖެ. 

މި އިދާރާގެ ނަންބަރ: IU 338-ESMS/338/2019/52) އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާ ފަރާތުން ކުއްޔަށް ދޭން ނިންމާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން މިރަށުގައި ހިންގާ ލޭންޑް ރިކްލަމޭޝަން އެންޑް ޝޯރ ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ މަސައްކަތެއް ކުރުމަށްޓަކައި މިރަށުގައި ހަރަކާތްތެރިވާ އެކުންފުނީގެ މުވައްޒަފުން ޕްރޮޖެކްޓްގެ މުއްދަތުގައި ދިރިއުޅުމަށް 03 ކޮޓަރި އާއި 03 ފާޚާނާ އާއި ސިޓީންގރޫމާއި ބަދިގެ އަދި ކާތަން ހިމެނޭގޮތަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.  

  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޖޫން 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް މިއިދާރާގެ ރަސްމީ މެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެއްވުމަށް 7768071 ނަންބަރ ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.

 

28 މޭ 2020
ހޯދާ