ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް 19 އާއި ގުޅިގެން ރ. ވާދޫއިން ދަނޑުބިން ދޫކުރުން
ރ. ވާދޫއިން ދަނޑުބިން ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)299/299/2020/13 (26 އޭޕްރިލް 2020) އިޢުލާނާއިގުޅިގެން ކުރިމަތިލާފައިވާ ހުރިހާ ފަރާތްތަކަށް، ދަނޑުބިން ދުކުރާނެ އެކަށިގެންވާ ޖާގަރަށުން ލިބެންނެތުމާއިގުޅިގެން، ހަމަހަމަ އުސޫލެއްގައި ރައްޔިތުންނަށް ދަނޑުބިން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކައުންސިލުން މިހާރުވަނީ އުސޫލެއް އެކުލަވާލާ އާންމުކޮށްފައެވެ. މިހެންވެ، ދަނޑުބިން ދޫކުރުމަށް މިއިދާރާއިން ކުރިން ކުރި ނަންބަރު (IUL)299/299/2020/13 (26 އޭޕްރިލް 2020) އިޢުލާނު ބާތިލްކުރެވިފައިވާކަމުގައި ދެންނެވީމެވެ.
އަދި ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވެދާނެ ކާބޯތަކެތީގެ ދަތިކަމަކަށް ހައްލު ހޯދުމުގެގޮތުން ވާދޫއިން ދަނޑުބިން ދޫކުރުމަށް ކައުންސިލުން ނިމާފައިވާތީ، މިކަމަށް އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް އަލުން ދަނޑުބިން ހޯދުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ދަނޑުބިން ބޭނުންވާ ފަރާތްތަކުން 2020 ޖޫން 4 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ނަންނޯޓުކުރުމަށް ދެންނެވީމެވެ. ނަންނޯޓުކުރާނީ ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށެވެ. އޮންލައިން ފޯމް ބޭނުން ނުކުރެވޭ ފަރާތްތަކުން ކައުންސިލްއިދާރާއަށް ގުޅައިގެން ނަންނޯޓުކުރެއްވުންއެދެމެވެ. އޮންލައި ފޯމުގެ ލިންކު ކައުންސިލް އިދާރަގެ ފޭސްބުކްގައި ހިއްސާކުރެވިފައިވާނެއެވެ.
އޮންލައިން ފޯމްގެ ލިންކް: https://docs.google.com/forms/d/e/1FAIpQLScJcKZdl1K3Ydup_CYMLhRvoJhDiuJhbT6XimuksXpao1jKxA/viewform?vc=0&c=0&w=1&fbclid=IwAR2g4Gl2_-rE9Y4AjUwxA2jwawobm6BpPX9RajqaP0owuc2wMO8POvJX7wo
ކޮވިޑް 19 އާއި ގުޅިގެން ރ. ވާދޫއިން ދަނޑުބިން ދޫކުރުމުގެ އުސޫލު ކައުންސިލްއިދާރާގެ ވެބްސައިޓުންނާއި، ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެކަމުގައި ދެންނެވީމެވެ.