ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށައެޅުން

އަންދާސީ ހިސާބު ހުށައެޅުން

 

ތިރީގައި ދަންނަވާފައިމިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ހޮސްޕިޓަލުން ކުރެވުނު އިއުލާން ނަންބަރ:GRH/IU/2020/09

 19 އެޕްރީލް 2020 އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެކަށީގެންވާ ޢަދަދަށް މީހުން ހާޒިރުވެފައިނުވާތީ، އެ ޢިއުލާން ބާޠިލްކޮށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ލ. މުންޑޫ ޞިއްހީމަރުކަޒާއި ލ. ދަނބިދޫ ޞިއްޙީމަރުކަޒުން ލ. މާބައިދޫ ޞިއްޙީމަރުކަޒަށް އަދި ލ. މާމެންދޫ ޞިއްހީމަރުކަޒާއި ލ. ކުނަހަންދޫ ޞިއްހީމަރުކަޒުން ލ. ހިތަދޫ ޞިއްޙީމަރުކަޒަށް ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ގެންދިޔުމުގެ މަސައްކަތާއިގުޅޭ:

  • ލ. ދަނބިދޫ ސިއްޙީމަރުކަޒުން ލ. މާބައިދޫ ސިއްޙީމަރުކަޒަށް
  • ލ. މުންޑޫ ސިއްޙީމަރުކަޒުން ލ. މާބައިދޫ ސިއްޙީމަރުކަޒަށް
  • ލ. މާމެންދޫ ސިއްޙީމަރުކަޒުން ލ. ހިތަދޫ ސިއްޙީމަރުކަޒަށް
  • ލ. ކުނަހަންދޫ ސިއްޙީމަރުކަޒުން ލ. ހިތަދޫ ސިއްޙީމަރުކަޒަށް

ނަންނޯޓްކުރުމާއި މަޢުލޫމާތު ދިނުން

31 މެއި 2020 ވާ އާދީތަ ދުވަހު 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން

4 ޖޫން 2020 ވާ ބުރާސްފަތި ދުވަހު 11:00 ގައި

 

މަޢުލޫމާތު ސާފުކުރަންވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ނަންނޯޓްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި އަދި އަތޮޅު ތެރޭގައި ސިއްޙީ މަރުކަޒުތަކުގައި  މަތީގައި ދަންނަވާފައިވާ ތާރީޙް އާއި އެ ވަގުތުތަކުގައެވެ.

20 މޭ 2020
ހޯދާ