ދިވެހިރާއްޖެ
c
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-CASA/370/2020/12
އިއުލާން |
ފީއަލީ ސިއްހީމަރުކަޒަށް އިތުރުކުރިބަޔަށް އަރާފައިވާ ގޯތިތަކުގެ ބަދަލުގައި ދޫކޮށްފައިވާ ގޯތިތަކުގައިހުރި ރުއްގަސްތަށް ނީލަންކިޔުމާ ގުޅޭ
ތިރީގައި މިދަންނަވާ ރުއްގަސްތަށް ނީލަންކިޔުން 2020 މޭ 24 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 14.00 ގައި ޒަމީންގޯތީގެ އަތިރީސަރަހައްދުގައި އޮންނާނެއެވެ.
މިގޮތުން ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ދުވަސް އަދި ގަޑިއަށް ޒަމީންގޯތީ އަތިރީގައިވާ ސަރަހައްދަށް ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މިނީލަން ކިޔާނީ ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ކުރިމަތީގައި، އަޑުއިވޭވަރަށް ފަށާއަގު އިއްވުމަށްފަހު އިތުރުކުރުމަށް ކައުންސިލްގެ ފަރާތުން ކަނޑައަޅާ އެންމެ ކުޑައަގަށްވުރެއް މަދުނުކުރެވޭ ގޮތަށެވެ. އަދި މިނީލަމުގައި ބައިވެރިވެ ނީލަމުން ރުއްގަސްތަށް ނަގާފަރާތާ ކައުންސިލް އިދާރާއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން އެ ރުއްގަސްތަކުގެ ބުޑާއެކު ނަގައި ތަންސާފުކޮށް ތަކެތި ގެންދަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރާތާ 3 ދުވަހުގެ ތެރޭގައި ނީލަމުން ނަގާފައިވާ ތަކެތީގެ ފައިސާ ދައްކަންވާނެއެވެ. މިފައިސާ ދައްކަންވާނީ ބަންދުނޫން ކޮންމެ ދުވަހެއްގައި ކައުންސިލް އިދާރާ ހުޅުވުފައި ހުންނަ ވަގުތުތަކުގައެވެ. އަދި މީގެ އިތުރުންވެސް ރުއްގަސްތަށް އިތުރު ވެދާނެ ކަމުގައިވެސް ދަންނަވަމެވެ.
9 ދިއްގާގަސް
30 ދިވެހިރުއް
7 ހިރުނދުގަސް
1 މިދިލިގަސް
1441 I 24
17 މޭ 2020
މުޙައްމަދު ޖަލީލު
ކައުންސިލްގެ ރައީސް