ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި 02 އޭސީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 17 މޭ 2020 12:16 ގައި ބާތިލް ކުރެވިފައެވެ.


މިކޯޓުގައި 02 އޭސީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

 

މިކޯޓުގެ ކޯޓުރޫމުގައި ހުރި އޭސީ ނަގައި އެ އޭސީގެ ބަދަލުގައި އައު 02 އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މެއި 2020 ވަނަ ދުވަހުގެ ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން 9997179 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (19 މެއި 2020)  13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.  

 

މަޢުލޫމާތު

 

  1. ހަރުކުރަންޖެހޭނީ 24000 ބީޓީޔޫގެ އިންވާޓަރ 02 އޭސީ އެވެ. 02 އޭސީ ވެސް ހަރުކުރަންޖެހޭނީ ޝަރީޢަތުގައެވެ.
  2. ކޯޓުން އޭސީ އާއި ބްރެކެޓް ފޯރުކޮށްދޭނެއެވެ.
  3. އިންޑޯއާއި އައުޓްޑޯ ޔުނިޓް ދެމެދު ދުރުމުން ގާތްގަޑަކަށް 20 ވަރަކަށް ފޫޓު ހުންނާނެކަމަށް ބެލެވެއެވެ. އެހެންކަމުން އާންމުކޮށް އަޅާ ހޮޅިލައިން ތަކަށްވުރެ ދިގުކުރަންޖެހޭނެ ކަމަށް ބެލެވެއެވެ.
  4. ކޯޓުރޫމުގައި މިހާރު ހުރި އޭސީ ނައްޓަށްވާނެއެވެ. އަދި އޭގެ އައުޓު ޔުނިޓާއި އައުޓްޑޯ ޔުނިޓް ހަރުކޮށްފައިހުރި ބްރެކެޓްވެސް ނައްޓަށްވާނެއެވެ.
  5. އިންޑޯއާއި އައުޓްޑޯއަށް އަޅާފައިވާ ހޮޅިލައިން ފޮރުވަން ކޭސިންފަތި އަޅަންވާނެއެވެ.
  6. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  7. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ އައިޑީކާޑު ހުށަހަޅަންވާނެއެވެ.
  8. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

17 މޭ 2020
ހޯދާ