ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ޙިދުމަތްދޭ ތަންތަނާއި،ހޮޓާރެސްޓޯރެންޓް އަދި ފިހާރަތައްހުޅުވާ ލެއްޕުމާއި ޙިދުމަތްދިނުމުގައި އަމަލުކުރާނެ އުޞޫލް އާއްމުކުރުން

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު މިނިސްޓަރ އޮފް ޕަބްލިކް ހެލްތު އިޢުލާނުކޮށް އަދި ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު: 36/2020 "ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް އެންގުން" އެންގުމާއި އަދި ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ އިންތިޒާމް، ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާ އިން ގެ އިން ރަށު ކައުންސިލަށް މަތިކޮށްފައިވީ ހިނދު، ބުނެވެދިޔަ މާއްދާގެ (ށ) އަދި (ނ) އާއި ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ޔ) އާއި މިމާއްދާގެ (ޗ) އިން ރަށު ކައުންސިލަށް ދީފައިވާ ޤާނޫނީ ބާރުގެ ދަށުން ހަދާފައިވާ މިނުރައްކާތެރި ޙާލަތުގައި ޙިދުމަތްދޭތަންތަނާއި، ހޮޓާރެސްޓޯރެންޓް އަދި ފިހާރަތައްހުޅުވާ ލެއްޕްމާއި ޙިދުމަތްދިނުމުގައި އަމަލުކުރާނެ ގޮތުގެއުޞޫލް މިއިޢުލާނާއިއެކު އާއްމުކުރީމެވެ.

15 މޭ 2020
ހޯދާ