ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރަށުގެ ފިހާރަތަކާއި ހޮޓާރެސްޓޯރެންޓް ކެފޭތަކަށް އަޅާފައިފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުން
ޤާނޫނު ނަމްބަރު 2010/7 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ޔ)(ޗ)އާއި، ޤާނޫނު ނަމްބަރު 2012/7 (ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ށ)(ނ) އިން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 2020 އޭޕްރީލް 30 ވީ ހޯމަ ދުވަހު އަންގާފައިވާ، ނަމްބަރު (IUL)342/2020/53 ގެއިޢުލާންގެ މުއްދަތު 14 ދުވަހަށް އިތުރުކުރަން ނިންމާ އެކަން ޢާންމުކޮށް އިޢުލާންކުރަމެވެ. މިގޮތުން ފިހާތަކުން ޑެލިވެރީގެ ޚިދުމަތް ދިނުމާއި ހޮޓާރެސްޓޯރެންޓް ކެފޭތަކުން ޓޭކް އަވޭގެ ޚިދުމަތް 2020 މޭ 28 ނިޔަލަށް ކުރިޔަށް ގެންދިއުމަށް އަންގަމެވެ.
ޓާސްކު ފޯސްގެ ލަފާގެ މަތިން އަޅަމުންމިދާ ފިޔަވަޅުތަކުގައި ވިޔަފާރިވެރިނާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
22 ރަމަޟާން 1441
14 މޭ 2020