|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
މަޤާމުގެ ނަންބަރު
|
J-324064
|
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކް
|
ޖީ. އެސް 3
|
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
|
ޑިވިޝަން / ސެކްޝަން
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޔުނިޓް
|
|
މަޤާމު އޮތް އޮފީސް
|
ސ. ފޭދޫ ޞިއްހީމަރުކަޒު
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ސ. ފޭދޫ ޞިއްހީމަރުކަޒު
|
|
މުސާރަ
|
-/4465 ރުފިޔާ
|
|
ސަރވިސް އެލަވަންސް
|
-/1500 ރުފިޔާ
|
|
ސަޕޯޓިންގ ކޯ އެލަވަންސް 2
|
700/- ރުފިޔާ
|
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
- ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ދުވަހުން ދުވަހަށް ޞިއްޙީމަރުކަޒުގެ ޔަޢުމިއްޔާ އަދި މީޓިން ޔައުމިއްޔާ ލިޔެ، ހިންގެވުމާއި ހަވާލުވެ ހުންނަވާ ވެރިއަކު ލައްވާ ސޮއި ކުރުވުމަށްފަހު ފައިލްކުރުން.
- ސްޓާރފް މީޓިންގ ތަކާއި ސެކްޝަން ހެޑުންގެ މީޓިންގ ތައް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައި މީޓިން ތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
- ޞިއްޙީމަރުކަޒުގެ ކޮންމެ މީލާދީއަހަރެއްގެ އަހަރީ ރިޕޯރޓްތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެކިއެކި ޑިޕާރޓްމަންޓް ތަކުން ހޯދާ، އަހަރީ ރިޕޯރޓް ތައްޔާރުކޮށް މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުގެލަފާ މަތިން ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.
- ޞިއްޙީމަރުކަޒުގެ އީމެއިލް ދުވަހުން ދުވަހަށް ޗެކްކުރުމާއި، ޞިއްޙީމަރުކަޒަށް ލިބޭ އެންމެހައި ލިޔެކިއުންތައް ބަލައިގަނެ، އެންޓްރީކޮށް ވެރިއަކު ލައްވާ ސޮއި ކުރުވުމަށްފަހު، ޙަވާލުކުރަންޖެހޭ ސެކްޝަންތަކަށް ޙަވާލުކޮށް ފައިލްކޮށް ބެލެހެއްޓުން އަދި ޞިއްޙީމަރުކަޒުން ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ފޮނުވައި/އީމެއިލް ކޮށް ފައިލްކުރުން.
- ސަރުކާރުގެ މުދަލާއި މާލިއްޔަތު ޤަޔާޢިދާއި އެއްގޮތަށް ޤަވާއިދުން ޞިއްޙީމަރުކަޒުގެ އިންވެންޓްރީ ބެލެހެއްޓުން. އަދި ހަލާކުވެގެން ނައްތާލެވޭ ތަކެތި ޤަވާޢިދުން އިންވެންޓްރީއިން އުނިކުރުމަށްފަހު އިންވެންޓްރީ އަޕްޑޭޓްކުރުން.
- މަރުކަޒުގެ މަރާމާތާއި އެހެނިހެންކަންކަމަށް އެކިއެކި ފަރާތްތަކާއި ހަވާލްކުރެވޭ ''މަސައްކަތްތަކުގެ އެއްބަސްވުން'' ތައްޔާރުކޮށް މަސައްކަތް ނިމުމުން ،އެފަރާތްތަކަށް ފައިސާ ލިބުނުތޯ ހޮސްޕިޓަލުން ޗެކްކޮށް ބެލެހެއްޓުން.
- ކޮންމެ މަހަކު މުވައްޒަފުންގެ މުސާރަތައްޔާރު ކޮށް އެމަހެއްގެ 18ގެ ކުރިން ހޮސްޕިޓަލަށް ފޮނުވައި، އެމަހެއްގެ މުސާރަ ސްލިޕް މުވައްޒަފުންނާއި ޙަވާލުކުރުން.
- ދުވަހުން ދުވަހަށް މަރުކަޒުގެ ތިޖޫރީ ބަލަހައްޓައި ހަފްތާއިން ހަފްތާއަށް ތިޖޫރީ ރިޕޯރޓް ފޮނުވުން.
- މަރުކަޒުގެ ޕެޓީ ކޭޝް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ޚަރަދުކޮށް ބާކީކޮށް ރިޕޯރޓް ތައޔާރުކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ އެޕްރައިސަލް ފޯމްތައް ސުޕަރވައިޒަރ އިންނާއި ޙަވާލުކޮށް. އެޕްރައިސަލް ފޯމް ފުރުމުގެ މަސައްކަތް ސުޕަރވައިޒަރުން، މުވައްޒަފުންގެ ފެންވަރުބަލާ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދޭތޯ ބަލައި ފޯމުތައް ނިންމަންޖެހޭ މުއްދަތަށް ނިންމުވައި، އަހަރު ނިމުމުން ފޯމްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޯމުފޮނުވައި މުވައްޒަފުންގެ ޕަރސަނަލް ފައިލްގައި ފައިލްކުރުން.
- ޙަވާލް ކުރެވިފައިވާ މަސައްކަތަށާއި އަދި ސިވިލްސާރިވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި މުވައްޒަފުން ޚިލާފްވާނަމަ މުވައްޒަފުންގެ ސްޕަވަޒަރާއި ގުޅިގެން ޤަވާޢިދުގައިވާ ގޮތުގެ މަތިން އިޞްލާޙީ ފިޔަވަޅު އެޅުން. އަދި ސުޕަރވައިޒަރުން މިގޮތަށް ޚިލާފުވާނަމަ ވެރިޔާގެ މަޝްވަރާގެ މަތިން އިޞްލާޙީ ފިޔަވަޅު އެޅުމުގެ ކަންތައް ކުރިއަށް ގެންދިއުން.
- ޞިއްޙީމަރުކަޒުގެ މަޤާމުތަކުގެ ރަޖިސްޓްރީއާއި މުވައްޒަފުންގެ ރަޖިސްޓަރީ ސިވިލް ސަރވިސް ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުން.
- ޞިއްޙީމަރުކަޒުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައިބައިވެރިވުމާއި، ޞިއްޙީމަރުކަޒުގެ އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިންޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
- އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން އޮފީހުން ހަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުތުތައް
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
އެޑްމިނިސްޓްރޭޝަން ، މެނޭޖްމަންޓް
|
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުންނާއި ސ. ފޭދޫ ޞިއްޙީމަރުކަޒުގެ އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމެވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމެވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ރ) ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް ތެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މޭއި 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ފޭދޫ ޞިއްހީމަރުކަޒު އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ޖޫން 2020 އާއި 21 ޖޫން 2020 އާ ދެމެދު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.
|
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރައްވާނަމަ [email protected] އަށެވެ.
|