ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީ ދަތުރުގެ ހިދުމަތާއި ގުޅޭ

 

އިޢުލާން

ފެރީ ދަތުރުގެ ހިދުމަތާއި ގުޅޭ

 

ކޮވިޑް-19 އާއި ގުޅިގެން އާންމު ދަތުރު ފަތުރު ހުއްޓާލައިފައިވާތީ، އެކަމަށް ހައްލު ހޯދުމުގެ ގޮތުން ލ.އަތޮޅު ޓާސްކު ފޯސް އިން ވަނީ ސެޑިއުލް ފެރީގެ ދަތުރުތަކެއް ފަށާފައެވެ. މި ދަތުރު ތަކަކީ އެއްރަށުން އަނެއްރަށައް ފޯރުކޮއްދޭން ބޭނުންވާ އަސާސީ މުދަލާއި ކާގޯއަށް ފޮނުވަން ބޭނުންވާ މުދާ ގެންދިއުމަށް ހަމަޖެހިފައިވާ ދަތުރުތަކެކެވެ. މި ދަތުރުގައި އެއްރަށުން އަނެއްރަށަށް ގެންދަން ބޭނުންވާ މުދަލާއި ހަވާލުވާނެ ފަރާތުގެ ނަމާއި ފޯނު ނަމްބަރު އަދި މުދާ ބާލާނެ ރަށުގެ ނަން ޖެއްސެވުމަށްފަހު ފެރީކާރިއަށް ގެންދެވުން އެދެމެވެ.

ފެރީއަށް ކުނަހަންދޫއިން މުދާ އެރުވުމަށް ހަމަޖެހިފައިވާ ގޮތް

 

ދުވަސް

ހެނދުނު ފެރީއަށް

މެންދުރު ފަހު ފެރީއަށް

އިތުރު މައުލޫމާތު

ހޯމަ

ހެނދުނު 7:35

މެންދުރުފަހު  2:15

މުދާ އަރުވާ ބާލާ ފަރާތްތަކުން ތިބެންވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

ބުދަ

ހެނދުނު 7:35

މެންދުރުފަހު  2:15

 

ފެރީއިން ކުނަހަންދޫއަށް ގެނެވޭ މުދާ ބޭލުމަށް ހަމަޖެހިފައިވާ ގޮތް

 

ދުވަސް

ހެނދުނު ފެރީ  

މެންދުރު ފަހު ފެރީއަށް

އިތުރު މައުލޫމާތު

ހޯމަ

ހެނދުނު 7:55

މެންދުރުފަހު  2:40

މުދާ އަރުވާ ބާލާ ފަރާތްތަކުން ތިބެންވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

ބުދަ

ހެނދުނު 7:55

މެންދުރުފަހު  2:40

 

މުދާ ކާގޯ ކުރުން (ވައިގެ މަގުން )

ވައިގެ މަގުން ކާގޯކޮށް މުދާ މާލެ ފޮނުވަން ބޭނުންވާ ފަރާތްތަކުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކުނަހަންދޫ ކައުންސިލާއި ހަވާލު ކޮއްދެއްވުން އެދެމެވެ. ކާގޯކޮށް ފޮނުވާ މުދާ ހުންނަން ޖެހޭނީ އައި.އޭ.އެސް.އެލް ގަވައިދާ އެއްގޮތަށް ޕެކިންގ ކުރެވިފައެވެ. ކާގޯ އިން ފޮނުވާ މުދަލުގެ ބަރުދަނަށް ފައިސާނެގޭނެއެވެ. ނަމަވެސް މި ފައިސާ ނެގޭނީ ކޮންމެ ދުވަހަކު ކާގޯ އެއަރވޭގެ ހިދުމަތަށް އައިލެންޑް އޭވިއޭޝަން އިން ފޮނުވާ ބިލުގައިވާ ގޮތަށެވެ. އަދި އޮންލައިން ކޮށް ފުރަން ޖެހޭ ތިރީގައިވާ ލިންކު ހިމެނޭ ފޯމު ފުރުއްވުން އެދެމެވެ. މި ފޯމް ފުރުމުގައި ދަތިވާ ފަރާތްތަކަށް ކައުންސިލުން ފޯމް ފުރައި ދެވޭނެއެވެ.

 އޮންލައިންކޮށް ފުރަން ޖެހޭ ފޯމް   https://docs.google.com/forms/d/e/1FAIpQLSf-D3JOXtXeARtqIL6R7u8JIBeDdipZNDdoy3F0gKAaIEGYww/viewform  

             ވީމާ، ކައުންސިލުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް ފެރީދަތުރު އަދި ކާގޯގެ ހިދުމަތް ހޯދެވުން އެދެމެވެ. އިތުރު މަޢުލުމާތު ހޯދެވުމަށް 7955667،9637159އާއި ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

                        19 ރަމަޟާން 1441  

                        12  މެއި  2020 

11 މޭ 2020
ހޯދާ