އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ 221-HRS/426/2020/45 ނަންބަރު ސިޓީ ގުޅޭ

ކޮވިޑް-19 އާއި ގުޅިގެން އެކިގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ޤައުމަށް ގެންދަން އިންޑިއާގެ ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން، ޤައުމަށް އެބުރި ދާންބޭނުންވެފައި ތިބިފަރާތްތައް ގެންދިއުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މިގޮތުން އަތޮޅުތެރޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ޤައުމަށް އެބުރި ދާންބޭނުންވާ ފަރާތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އިން ބޭނުންވެއެވެ.

       ވީމާ، މިރަށުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން ގައުމަށް އެބުރިދާން ބޭނުންވާ ފަރާތްތަކުން ދާން ބޭނުންވާކަން ނުވަތަ ނޫންކަން، 12 މެއި 2020ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން މިކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ. އަދި މިގޮތަށް ދާންބޭނުންވާ ފަރާތްތައް މާލެ ދިއުމުގެ ދަތުރު ޚަރަދާއި، ދަތުރު އިންތިޒާމްތައް ހަމަޖައްސާނީ އެމީހަކު އަމިއްލައަށް ކަމުގައި ދަންނަވަމެވެ.

11 މޭ 2020
ހޯދާ