މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ރަށް ނާދެވިފައިތިބި ރަށު މީހުން ރަށަށް ގެނައުން

އިޢުލާން

ކޮވިޑް-19 އާއި ގުޅިގެން ރަށް ނާދެވިފައިތިބި ރަށު މީހުން ރަށަށް ގެނައުން

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރ 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްވަނީ އިޢުލާން ކޮށްފައެވެ. މިހާލަތު ދިގުދެމިގެން ދިއުމުގެ ސަބަބުން މާކުރަތަށް ދަތުރު ނުކުރެވި ރާއްޖޭގެ ރަށް ރަށުގައި ތިބި މާކުރަތު މީހުން ރަށަށް އައުމަށް އެދެމުންދާތީ އެފަދަ ފަރާތްތަކަށް ރަށަށް އައުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިހުއްދަ ދެވޭނީ މޮނީޓަރިންގ ހާލަތުގައި ނެތް ރަށްރަށުގައި ތިބި މާކުރަތު މީހުންނާއި އެމީހުންގެ އަނބި/ފިރިންނާއި ދަރިންނަށެވެ. އެހެންކަމުން މާކުރަތަށް އަންނަން ބޭނުންވާ ފަރާތްތަކުން ނަންބަރު 9138782އަށް ގުޅުއްވައި ވީ އެންމެ އަވަހަކަށް މަޢުލޫމާތު ހިއްސާ ކުރުމަށް ދަންނަވަމެވެ.

ރަށުން ބޭރުން ރަށަށް އަންނަ މީހުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.

  • ރަށުން ބޭރުން އަންނަ މީހުން އެހެން މީހުންނާއި އެކަހެރިކޮށް ވަކިން ތަނެއްގައި ތިބުން.
  • ގޭގައި މީހުން އުޅޭކަމުގައިވާނަމަ ވަކިން ކޮޓަރިއެއްގައި ހުރުން އަދި ރަށުން ބޭރުން އައި މީހާއާއި އެމީހާ ހުންނަގޭ މީހުން 14 ދުވަސްވަންދެން ބޭރަށް ނިކުމެ ނޫޅުން
  • ބަލިން ރައްކާތެރިވުމަށާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލު ކުރުން.
  • ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ހެލްތް ޕްރޮކްޝަން އެޖެންސީއަށް އެންގުން

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

18 ރަމަޟާން 1441

11 މޭ 2020
ހޯދާ