ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީޒް ވިއްކާފައިވާ ކުންފުނިތަކުން ކޮވިޑް 19 އާގުޅޭ އެސެސްމަންޓް ރިޕޯޓެއް ޝާއިޢުކުރުން

އޮތޯރިޓީގެ ގަވާއިދު ނަންބަރު: 2019/R-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު)ގެ ދަށުން ނެރެންޖެހޭ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓާއި ކޮވިޑް 19 އެސެސްމަންޓް ރިޕޯޓު ހިމަނައިގެން ދެވަނަ ކުއާޓަރުގެ ރިޕޯޓާއެކު، 31 ޖުލައި 2020ގެ ނިޔަލަށް ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޝާއިޢުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާކަން ދަންނަވަމެވެ. މިގޮތަށް މުއްދަތު އިތުރުކޮށްދީފައިވީނަމެސް، ޙިއްޞާގެ އަގަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް މުޢާމަލާތެއް ކުންފުންޏަކުން ހިންގައިފިނަމަ، ނުވަތަ އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ، މަތީގައި ބަޔާންކުރެވިފައިވާ ގަވާއިދާ އެއްގޮތަށް އެ ކުންފުންޏަކުން ވަގުތުން މަޢުލޫމާތު ހާމަކުރަންޖެހޭނެ ވާހަކަ ދަންނަވަމެވެ.

މި ގޮތަށް ހަމަޖެއްސުމުގެ މައިގަނޑު މަޤްޞަދަކީ ކޮވިޑް 19 އާގުޅިގެން ކުންފުނިތަކުގެ ވިޔަފާރިއަށް ކުރާނެ އަސަރާއި ކުންފުނީގެ އާމްދަނީއަށް އަތުވެދާނެ ބަދަލުތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތަކަށް އެޑްރެސްކޮށް، ކުންފުނިތަކުން ރިޕޯޓެއް ނެރުމަށް ފުރުޞަތު ދިނުމެވެ. އަދި ކުންފުނީގެ ވިޔަފާރީގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ޙާލަތަށް އަސަރުކުރާނެ ނުވަތަ އަސަރުކޮށްފައިވާ ގޮތް ވަޒަންކުރުމަށް އިންވެސްޓަރުންނަށް ފުރުޞަތު ލިބިދިނުމާއި ސެކިއުރިޓީޒް ގަނެވިއްކުމުގައި އިންވެސްޓަރުންނަށް ގޮތެއް ނިންމުމުގައި މަގުފަހިކޮށްދިނުމެވެ.

                  

13 ރަމަޟާން 1441

06 މޭ   2020

06 މޭ 2020
ހޯދާ