ދިވެހިރާއްޖެ
ދިވެހިބަހުގެ އެކެޑަމީ
މާލެ، ދިވެހިރާއްޖެ.
ނަންބަރު: (IUL)430-DBA-I/430/2020/12
އިޢުލާން
އޮންލައިންކޮށް ޅެން ހަދަން ދަސްކޮށްދިނުމުގެ ފުރުސަތު
ކޮވިޑު-19ގެ ފުރަބަންދުގައި ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. އެ ގޮތުން އޮންލައިންކޮށް ޅެން ހަދަން ދަސްކޮށް ދިނުމުގެ ކިލާހެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ކޯހަކީ އާންމުކޮށް ހުޅުވައިލައިގެން ހުރިހާ އުމުރު ފުރަޔަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކޯހެކެވެ. މި ކޯހާ ގުޅޭ އިތުރު ތަފުސީލު ތިރީގައި ބަޔާންކޮށްފައި އެ ވަނީއެވެ.
ކޯހުގެ މުއްދަތު: 20 ގަޑި
ކޯސް ހިންގާނީ : އޮންލައިންކޮށް
ކޯސް ފަށާ ތާރީޚު: 2020 މޭ 15
ބޭނުންވާ އަދަދު: 25
ކޯސް ފީ: ހިލޭ
ވީމާ މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯއެއް، 2020 މޭ 10 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ވައިބަރު މެދުވެރިކޮށް މި އެކެޑަމީގެ ނަންބަރު 7986230 އަށް ފޮނުވުން އެދެމެވެ.
މިއީ އޮންލައިންކޮށް ހިންގަން ހަމަޖެހިފައިވާ ކޯހެއް ކަމަށް ވާތީ ކޯހުގައި ބައިވެރިވާން ވާނީ އެ ފަދަ ވަސީލަތެއް މެދުވެރިކޮށް އުނގެނުމުގެ ފަހިކަން ހުރި ފަރާތްތަކުންނެވެ.