ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
އ. ޕަބްލިކް ރިލޭޝަން އޮފިސަރ (ކޮންޓްރެކްޓް)

ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލައް،ދިވެހިރާއްޖެ   

                                                ނަންބަރ: FVMH(I)(I)HR/P/2020/06

                  އިޢުލާން

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް

ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަގާމު:

 އ.ޕަބްލިކް ރިލޭޝަން އޮފިސަރ (ކޮންޓްރެކްޓް) 

މަޤާމުގެ ނަންބަރ:

-

ބޭނުންވާ އަދަދު:

02 (ދެއް)

މަޤާމުގެ ގިންތި: 

 ކޮންޓްރެކްޓް (06 މަސް)

މަޤާމުގެ ރޭންކް:

 ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފުވައްމުލަކު ހޮސްޕިޓަލް

މުސާރަ:

 މަހަކު 4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރ.(ހަތްސަތޭކަ ރުފިޔާ)
  5. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 - ޕަބްލިކް ރިލޭޝަން ސްޕަވައިޒަރެއްގެ ހައިސިއްޔަތުން ސްޕަވައިޒުކުރުން.

 - އޯޕީޑީތަކަށް ބޭނުންވާ ތަކެތި ހޯދާ އެތަކެތި ސްޓޮކް ސަރުކާރުގެ މާލިއްޔަތު ޤަވާއިދާއެއްގޮތަށް ބެލެހެއްޓުމާއި، އޯޕީޑީ ކޮންމެ ދުވަހަކު ފަށަން އޮންނަ ގަޑިތަކުގައި ކުރިއަށް ގެންދޭތޯ ބަލާ ސްޕަވައިޒުކުރުން.

 - ކޯލްޑިއުޓީތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، އިތުރުގަޑީގެ ހުއްދަ ހޯދާ ފޯމް ޤަވާޢިދުން ފުރުން.

 - ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުން ރަޖިސްޓްރީކޮށް، ހޮސްޕިޓަލަށް ފަރުވާ ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި މަޢުލޫމާތު ދިނުން.

 - ސަލާމް ފޯމުތަކާއި ސަލާމުގެ ޗުއްޓީގެ ދުވަހު ރިޕޯރޓް ކޮންމެ ރަސްމީދުވަހަކު ހެދުނު 8:30 ގެ ކުރިން އޮފީހާއި ޙަވާލުކުރުން.

 - އެޕޮއިންޓްމަންޓް ހައްދަން އެދޭފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން އެޕޮއިންޓްމަންޓް ހަދާ ދިނުމާއި، މެޑިކަލް ރެކޯޑްސްތައް ތަރުތީބުކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުން. އަދި ހޮސްޕިޓަލްގެ އޯ.ޕީ.ޑީ މަސައްތުގައި ބައިވެރިވެ އެހީތެރިވުން.

 -  އެޑްމިޝަން ޑިސްޗާރޖް ބެލެހެއްޓުމާއި ހޮސްޕިޓަލުން އަގުނަގާ ޚިދުމަތްތަކަށް ކަޑައެޅިފައިވާ އުސޫލުން އަގުނެގުމާއި ބިލްތައް ތައްޔާރުކޮށް ރެކޯޑް ބެލެހެއްޓުމާއި، އިންޝުއަރެންސް ދަށުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ބިލްތައް ތައްޔާރިކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވައި ބިލްތަކުގެ ރެކޯޑް ބެލެހެއްޓުން.

 -  އެޕްރެއިޒަލް ފޯމްތައް ޤަވާއިދުން ކޮންމެ އަހަރެއްގެ ޖެނަވަރީ 31 ގެ ކުރިން މާކްސްދީ ނިންމުމާއި، ޓާގެޓް ކަނޑައަޅާ ނިންމުމަށްފަހު އެޗް.އާރު. ސެކްޝަނާއި ޙަވާލުކުރުން.

-    ކޭޝިއަރ ކައުންޓަރގައި މަސައްކަތްކުރަންޖެހޭ ހާލަތެއްގައި އެހީތެރިވެ މަސައްކަތްކުރުން އަދި ކައުންޓަރގައި ހިގާ އެންމެހައި މަސައްކަތުގެ މަޢުލޫމާތު ހޯދާ ދެނެގަތުމާއި، އެކިއެކި ބޭނުންތަކުގައި ހޮސްޕިޓަލުގެ ކައުންޓަރަށް ފޯންކުރައްވާ ފަރާތްތަކަށް ޖަވާބުދާރީވުން.

 -    އެމްބިއުލަންސްގެ ޚިދުމަތް ލިބޭނެތޮގް މަގުފަހި ކޮށްދިނުމާއި މެޑިކަލް ސެޓްފިކެޓް ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އެކަންތައް ހަމަޖައްސައި ދިނުން. އަދި އޯ.ޕީ.ޑީ މަސައްކަތުގައި އެހީތެރިވެދިނުން.

 -    ތަރުޖަމާނެއްގެ މަސައްކަތް ކުރަން ޖެހިއްޖެ ހާލެއްގައި އެމަސައްކަތް ކުރުން އަދި ހޮސްޕިޓަލުގެ އޮފީހުގެ އެހެން މުވައްޒަފުން ޗުއްޓީގައި ހުންނަ ދުވަސް ތަކުގައި ހޮސްޕިޓަލުގެ ވެރިން އަންގާ ގޮތެއްގެ މަތިން އެމުވައްޒަފެއް ކުރާ ހުރިހާ މަސައްކަތަކާއި ވަގުތީ ގޮތުން ޙަވާލުވެ ކުރުން.

 -  ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުން.

 -  މީގެ އިތުރުން ކުއްލިއަކަށް ދިމާވާކަންތައްތައް އޮފީހުން އަންގާ ގޮތެއްގެ މަތިންކުރުމާއި ، އެހެނިހެން މުވައްޒަފުންނަށް އެޙީތެރިވެދިނުމާއި މުވައްޒަފުން ދަތިވެއްޖެ ހާލަތެއްގައި ބަޖެޓް، އެޗް.އާރް އަދި އެޑްމިން ސެކްޝަންގެ މަސައްކަތް ކުރުން.                                                       

 

މަޤާމުގެ ޝަރުތުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ' ސެކަންޑްރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި' މިމާއްދާއިން ދަށްވެގެން ' ސ ' ގްރޭޑް ލިބިފައިވުން

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިއޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8-  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

* ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުންލިބުނު ޕްއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

* ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް  މަޢުލޫމާތު  މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓުން ((www.health.gov.mvލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ފުވައްމުލަކު ހޮސްޕިޓަލް އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މެއި 2020 ގެ 12:00 ގެ ކުރިން، މިހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 21 މެއި 2020 އާއި 31 މެއި 2020 ގެ ތެރޭގައި މިހޮސްޕިޓަލުގެ މީޓިންގ ރޫމްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަކަށް ވުރެ އިތުރު ވާނަމަ އެންމެ މަތިން މާކްސް ލިބޭ 10ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ.

އީ-މެއިލް ކުރާނީ ad[email protected]އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

11 ރަމަޟާން  1441ހ.

04  މެއި     2020މ.

04 މޭ 2020
ހޯދާ