ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫގައި ކުއްލި ހާލަތު އިޢުލާންކޮށް މިހާލަތުގައި ރައްޔިތުން ޢަމަލުކުރަންވީ ގޮތުގެ އުސޫލް
ޢިއުލާން
ތަކަންދޫ މޮނިޓަރިންގ ޙާލަތައް ގެނެސްފައިވާތީ ތަކަންދޫ ގައި ކުއްލި ޙާލަތުގައި އަމަލު ކުރަންވީ އުސޫލު
- ރަށަށް އަރާ ފޭބުން އެއްކޮށް މަނާކުރުން.
- ގެއިން ބޭރަށް ނިކުމެއުޅުމުގައި ޟަރޫރީ ހަލާތެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުން. (ފިނި ބުރު ޖެހުމާއި ،ރަށު ތެރޭ އަދި ބަނދަރު ސަރައްދުގައި ގުރޫޕް ހަދާފައި އުޅުން މަނާ ވާނެ)
- ޟަރޫރީ ބޭނުމަށް ގޭން ނިކުތުމަށް ޓާސްކް ފޯސް ފަރާތުން ދޫކުރެވިފައިވާ ފާސް ބޭނުންކުރުން، ގޭން ބޭރުގައި އުޅެވޭނީ ހެނދުނު 6:00ކުން އިރުއޮއްސި 18:00 ކަށްށެވެ. މިނޫން ވަގުތެއްގައި ޟަރޫރީ ބޭނުމަކަށް ގެއިން ބޭރަށް ނިކުތުމަށް ބޭނުންވެއްޖެނަމަ ޓާސްކްފޯސް ޙޮޓްލައިން ނަންބަރަށް ގުޅުވައްގެން ކުރިއަށް ގެންދެވުން އެދެމެވެ.
- ކަރަންޓީން ކުރެވިފައިވާ ގެތަކުން ކުނި އުކާލުމާއި ޟަރޫރީ އެހެނިހެން ބޭނުންތަކަށް ޓާސްކް ފޯސް ގެ އެޙީތެރިކަން ހޯދުން.
- ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނިކުމެ އުޅޭ އިރު ހުރިހާ ފަރާތްތަކުންވެސް މާސްކު ބޭނުން ކުރުން.
- އިޖްތިމާއީ ގައިދުރުކަން ކަށަވަރު ވާގޮތަށް ، ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، އެއްފަހަރާ 3 ފަރާތައްވުރެއް ގިނަ ނުވާ ގޮތަށް ފިހާރަތަކުން ހިދުމަތް ދިނުން،އެޗް.ޕީ.އޭ ގެ ލަފަޔާ އެއްގޮތައް ފިހާރަތައް ދުވަހުން ދުވަހަށް ޑިސްއިންފެކްޓް ކުރަމުން ގެންދިއުން.
- ކާބޯތަކެތި ހަދާ ވިއްކުމަށް ހުއްދަދެވިފައިވާ އެއްވެސް ތަނަކުން ޓޭކްއަވޭގެ ޚިދުމަތް ފިޔަވާ އެހެން އެއްވެސް ޚިދުމަތެއް ނުދިނުން.
- ރަށަށް އަރާ ފައިބާ ފަރާތްތަކުގެ މޮނީޓަރިން އިތުރަށް ހަރުދަނާކުރުން.
- އެޗް.ޕީ. އޭ އަދި ޞިއްޙީ ޚިދުމަތް ދެއްވާ އޮފިޝަލުން އަންގާ އެންމެހާ އެންގުންތައް ފުރިހަމައަށް ތަންފީޒުކުރުން.
- ހޮޓްލައިން ނަންބަރު: 9925489
އަދި ދަންނަވަމެވެ. ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޖިސްމާނީ ގައިދުރުކަން ޤާއިމުކުރުމަށް ދެންނެވިފައިވާ ފިޔަވަޅުތައް އަޅާފައިވާ ވަގުތެއްގައި، އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ،މިކަން އާންމުކޮށް އަންގާ އަޢުލާން ކުރީމެވެ.
02 މޭ 2020
ހޯދާ