ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 އޭޕްރިލް 2020 13:03 ގައި ބާތިލް ކުރެވިފައެވެ.
މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 07 ރަމަޟާން 1441 ދުވަހުން ފެށިގެން 27 ރަމަޟާން 1441 (20 މެއި 2020) ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށްކައި އުޅުނު ބާވަތަކުން (ގޮވާމުން) އެ ރަށެއްގައި 2.4 ކިލޯގެ މިންވަރަށެވެ. ނުވަތަ އެ އަދަދަށްވާ ފައިސާއެވެ.
|
ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ކައުންސިލް އިދާރާގެ ތިރީގައިމިވާ ބީ.އެމް.އެލް އެކައުންޓަށް ކަމުގައި ދެންނެވީމެވެ.
އެކައުންޓް ނަން |
އެކައުންޓް ނަންބަރ |
KHARADHU 2 1296 |
770670032004 |
ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރި/ޓްރާންސްފަރކުރި ސްލިޕް ތިރީގައިވާ ވައިބަރ ނަންބަރަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި ސްލިޕްގެ ރިމާރކްސްގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި ،ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުއްވައި ދެއްވުން އެދެމެވެ.
ވައިބާރ ނަންބަރު: 7902906
ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
07 ރަމަޟާން 1441
30 އޭޕްރިލް 2020