ދިވެހިރާއްޖެ
އިޢުލާން
ކުނަހަންދޫގެ ގޮޑުދޮށުން ގަލާއި ވެލިނެގުމާއި ބެހޭ
ކުނަހަންދޫގެ ގޮޑުދޮށުގެ އެކި ހިސާބުތަކުން ގަލާއިވެލި ނަގަމުންދާ ކަމުގެ ސަކުވާތައް ތަކުރާރުކޮށް މިކައުންސިލަށް ދަނީ ލިބެމުންނެވެ. މި ކަމަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ޤަވައިދާއި ވެސް ޙިލާފު ކަމަކަށް ވެފައި ރަށަށް ނުހަނު ގެންލުން ހުރި ކަމެކެވެ. ރަށުގެ ތިމާވެށި ހިމާޔަށް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.
އެހެންކަމުން 24މާރިޗު 2020ވާ އަންގާރަ ދުވަހުން ފެށިގެން ރަށުގެ ގޮޑުދޮށުގެ އެއްވެސް ސަރަހައްދަކުން ވެއްޔާއި ގައު ނެގުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި މި ކަމަކީ ކުރިންވެސް މަނާކުރެވިފައިވާ ކަމެކެވެ. އަދި 24މާރިޗު 2020ވާ އަންގާރަ ދުވަހުގެ ފަހުން ވެއްޔާއި ގައު ނަގާ ފަރާތްތަކާއި މެދު 5އޭޕްރީލް 2015ގައި މި ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކޮއްފައިވާ ނަމްބަރ 2015/R-119ތިމާވެށި ހިމާޔަތްކުރުމުގެ ޤަވައިދުގެ 15ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާ ގޮތުގެމަތިން ވެއްޔާއި ގައު ނަގާ ފަރާތްތަށް ޖޫރިމަނާކުރެވޭނެއެވެ. މި އިޢުލާން އާއި ގުޅިގެން އަމަލުކުރާނީ ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގެ ޤަވައިދު ނަމްބަރ 2015/R-119 ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދާއި، ޤާނޫން ނަމްބަރު 93/4(ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު)އަށެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ތިމާވެށި ހިމާޔަށްކުރުމާއި ބެހޭ ޤަވައިދުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޖޫރިމަނާގެ އަދަދު
# |
ވަނަ |
ޖޫރިމަނާ ފައިސާގެ އަދަދު |
1 |
ފުރަތަމަ ފަހަރު |
ނަސޭހަތް ދިނުން |
2 |
ދެވަނަ ފަހަރު |
500ރ އާއި 1000ރުފިޔާ އާއި ދެމެދު |
3 |
ތިން ވަނަ ފަހަރު |
1000ރ އާއި 3000ރުފިޔާ އާއި ދެމެދު |
4 |
ހަތަރު ވަނަ ފަހަރު |
3000ރ އާއި 5000ރުފިޔާ އާއި ދެމެދު |
5 |
ފަސްވަނަ ފަހަރުންފެށިގެން އިތުރުވާ ކޮންމެ ފަހަރަކު |
5000ރުފިޔާ |
29 އޭޕްރީލް 2020