މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

އިޢުލާން

1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

     މިވަގުތަކީ މުޅިރާއްޖެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާ ވަގުތަކަށް ވެފައި، އަދި މީހުން އެއްވެ އުޅުމާއި ބައެއްތަންތަން މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާތީ، މިޙާލަތުގައި ނަގުދު ފައިސާ ގެންގުޅުމަކީ ރައްކާތެރިގޮތެއްކަމުގައި ނުވާތީ، ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތަކީ އެބަޔަކު ނުވަތަ އެމީހަކު ކައިބޮއި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯގެ މިނަށްވާ ފައިސާ ތިރީގައި މިދަންނަވާ އަދަދުންނެވެ.

އާދައިގެ ހަނޑުލުންނަމަ              މީހަކަށް  52/11ރ (އެގާރަ ރުފިޔާ ފަންސާސް ދެ ލާރި)

ތައިލެންޑް ހުދު ހަނޑުލުން ނަމަ         މީހަކަށް  -/48ރ (ސާޅީސް އަށް ރުފިޔާ )

ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ       މީހަކަށް -/48ރ (ސާޅިސް އަށް ރުފިޔާ)

ބާސްމަތީ މޮޅު ހަނޑުލުންނަމަ          މީހަކަށް -/72ރ (ހަތްދިހަ ދެރުފިޔާ)

އާދައިގެ ފުށް ނަމަ                 މީހަކަށް 12/9ރ (ނުވަ ރުފިޔާ ބާރަލާރި)

އާޓާފުށް ނަމަ                    މީހަކަށް 80/52ރ (ފަންސާސް ދެ ރުފިޔާ އަށްޑިހަ ލާރި)

     ޒަކާތް ދެއްކެވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ އެކައުންޓަށެވެ.

ހިންމަފުށި ކައުންސިލް : 7701701865001

     އަދި، ފައިސާ ޖަމާކުރުމަށް ފަހު ޒަކާތް ދެއްކި ބާވަތާއި، ދެއްކި މީހުންގެ އަދަދާއި، އަދި ގޭގެ ނަން އެނގޭނެ ގޮތަށް ޓަރާންސްފަރ ސްލިޕް މިކައުންސިލްގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް މެދުވެރިކޮށް، ނުވަތަ 9679770 އަށް ވައިބަރ މެދުވެރިކޮށް ފޮނުވައި ދެއްވުންއެދެމެވެ. ޒަކާތް ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 28 ރަމަޟާން 1441 ވަނަ ދުވަހުގެ 14:00 ކަމުގައި ދެންނެވީމެވެ.

26 އޭޕްރިލް 2020
ހޯދާ