ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

 

1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

 

 

 

ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން މިއިދާރާއިން މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް އެކަންޏެވެ.

 

މިއަހަރު ރަމަޟާން މަހު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1441 (25 އެޕްރީލް 2020) އިން ފެށިގެން 27 ރަމަޟާން 1441 (20 މޭ 2020)ވާ ބުދަ ދުވަހުގެ 16:00ގެ ނިޔަލަށެވެ.

 

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

 

މި ރަށުގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އަންނަނިވި އަގުތަކުންނެވެ.

 

ބާވަތް

ރޭޓް (މީހަކަށް ދައްކަންޖެހޭ ފައިސާ)

އާދައިގެ ހަނޑޫ

12.00 (ބާރަ ރުފިޔާ)

ބާސްމަތީ ހަނޑޫ

81.00 (އައްޑިހަ އެއް ރުފިޔާ)

ތައިލެންޑު ހުދުހަނޑޫ

46.00 (ސާޅީސް ހަރުފިޔާ)

ރަތް ހަނޑޫ

72.00 (ހަތްދިހަ ދެރުފިޔާ)

އާދައިގެ ފުށް

10.00 (ދިހަ ރުފިޔާ)

އާޓާ ފުށް

60.00 (ފަސްދޮޅަސް ރުފިޔާ)

 

ފައިސާ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރާއި އ/ކ.ގެ ނަން:

 

އެކައުންޓް ނަން

އެކައުންޓް ނަންބަރު

1284 KHARADHU 2

7714700310004

 

 ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 7788420 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތް (އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ތައިލެންޑު ހުދުހަނޑޫ، ރަތް ހަނޑޫ، އާދައިގެ ފުށް، އާޓާ ފުށް) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.

 

25 އޭޕްރިލް 2020
ހޯދާ