މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 39/2020 އެންގުމުގައި ވާގޮތުގެމަތީން ، ހުޅުދުއްފާރުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ހުޅުދުއްފާރު ޓާސްކް ފޯސްއިން އަންގާ އެންގުން
- ހުއްދަ ހޯދުމަށްފަހުގައި އުމްރާނީ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
ހެނދުނު 08:00 ން ހަވީރު 16:00 ށް
- ފިހާރަ ތަކުން ޚިދުމަތްދޭ ގަޑިތައް:
ހެނދުނު 09:00 ން 11:00 ށް
މެންދުރުފަހު 2:00 ން 5:00 ށް
ފިހާރަ ތަކުން ޑެލިވަރީގެ ޚިދުމަތްދޭ ގަޑިތައް:
ރޭގަނޑު 08:00 ން 22:00 ށް
ހޮޓާތަކުން ޑެލިވަރީގެ ޚިދުމަތްދޭ ގަޑިތައް:
ހަވީރު 5:00 ން ރޭގަނޑު 12:00 އަށް (ރަމަޟާން މަހުގައި )
- ކައުންސިލް އިދާރާ، ޓާސްކްފޯސް، ސޯޝަލް ސަޕޯޓް ޑެސްކް، ފެނަކަ ބްރާންޗް އަދި ޞިއްޙީ މަރުކަޒުގެ ޑިއުޓީ ތަކަށް ނުވަތަ މަސައްކަތްތަކަށް އެކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެމަސައްކަތްތަކުގައި އުޅެވޭނެއެވެ.
- ބަލިވެގެން ޑޮކްޓަރަށް ދައްކަން ބޭނުންފުޅުނަމަ ނުވަތަ ބޭހެއް ބޭނުންފުޅުނަމަ ޞިއްޙީ މަރުކަޒުގެ 6580155 ނަންބަރު ފޯނަށް ގުޅުއްވާ
- ޒަރޫރީ ބޭނުމެއްނެތި ރޭގަނޑު 10 ގެ ފަހުން މަގުމަތީގައި އުޅޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެވާހަކަ ދަންނަވަން
- އެފަދަ ފަރާތްތަކަށް ފުރަތަމަ ނަސޭހަތްތެރިވެވޭނެ
- ދެވަނަ ފަހަރު އެޢަމަލު ތަކުރާރު ކޮށްފިނަމަ ގޭގައި ކަރަންޓީނު ވުމަށް އެންގޭނެ. މިގޮތަށް އަމަލުނުކޮށްފިނަމަ ޕޮލިހަށް އެފަރާތެއްގެ މައްސަލަ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވިފައިވާ ކަންކަމަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިދަނޑިވަޅުގައި ކޮންމެހެންއަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށްވާތީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، ތިބާ އާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ޞިއްޙީ މާހިރުންނާއި ކަމާއިގުޅޭ ފަރާތްތަކުން ދެއްވާ ލަފަޔާއި އިރުޝާދާޢި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
21 އޭޕްރިލް 2020
ހޯދާ