ދިވެހިރާއްޖެ
އިއުލާން
1441ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (COVID-19) ދިވެހިރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔުމާއި ގުޅިގެން މިބަލިން ރައްކާތެރިވުމުގެ ގޮތުން 1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ރަސްމީކޮށް ބަލައިގަތުން ހަމަޖެހިފައިވަނީ 03 ރަމަޟާން 1441 (26 އެޕްރީލް 2020) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1441 (20 މޭ 2020) ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ތިރީގައި މިދަންނަވާ ކައުންސިލްގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންފަރކޮށްގެންނެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯގެ ޢަދަދަށް ވާ އަގެވެ.
ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :
ބާވަތް |
ރޭޓް |
ޓްރާންސްފަރ ސްލިޕްގެ ރިމާރކްސް(ތަފްޞީލުގެ) ގޮތުގައި ބޭނުންކުރާނެ ކޯޑްތައް. |
އާދައިގެ ހަނޑޫ |
-/12ރ |
AH |
ބާސްމަތީ އާދައިގެ ހަނޑޫ |
-/65ރ |
BAH |
ބާސްމަތީ މޮޅު ހަނޑޫ |
-/86ރ |
BMH |
އާދައިގެ ގޮދަންފުން |
-/10ރ |
AF |
އާޓާ ފުށް |
-/53ރ |
AT |
ފައިސާ ޓްރާންސްފަރ ކުރައްވާއިރު، ޓްރާންސްފަރ ސްލިޕްކޮޅުގެ ރިމާރކްސް (ތަފްޞީލު) ގައި ފައިސާދެއްކި ފަރާތް، ގޭބިސީގެ ނަން، ފައިސާ ދެއްކި ބާވަތް އަދި ފައިސާ ދައްކަވަން ބޭނުންފުޅުވާ މީހުންގެ ޢަދަދު އެގޭނެހެން ލިޔުމަށްފަހު ތިރީގައިވާ ނަންބަރަށް ސްލިޕް ވައިބަރ ކޮއްދެއްވުން އެދެމެވެ.
ފައިސާ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރާއި އ/ކ.ގެ ނަން:
އެކައުންޓް ނަން |
އެކައުންޓް ނަންބަރު |
1305 REVENUE 2 |
7706700386002 |
- ސްލިޕް ވައިބަރ ކުރަންޖެހޭ ނަންބަރު: 9183128
- އެންމެ ބާވަތަކަށް ފައިސާ ދައްކަން ބޭނުންފުޅުވާނަމަ (މިސާލަކަށް އާދައިގެ ހަނޑުލުން -/12ރ ގެ މަގުން 01 މީހަކަށް ފައިސާ ދައްކާނަމަ) ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި ފައިސާ ދައްކަވަން ބޭނުންފުޅުވާ ގޭބިސީގެ ނަން ލިޔުމަށްފަހު “AH01” މިގޮތަށް ލިޔަންވާނެއެވެ.
- އެއްބާވަތަށްވުރެގިނަ ބާވަތްތަކުން ފައިސާ ދައްކަން ބޭނުންފުޅުވާނަމަ (މިސާލަކަށް އާދައިގެ ހަނޑުލުން -/12ރ ގެ މަގުން 01 މީހަކަށް އަދި ބާސްމަތީ ހަނޑުލުން -/65ރ ގެ މަގުން 01 މީހަކަށް ފައިސާ ދައްކާނަމަ) ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި ފައިސާ ދައްކަވަން ބޭނުންފުޅުވާ ގޭބިސީގެ ނަން ލިޔުމަށްފަހު “AH01, BAH01” މިގޮތަށް ލިޔަންވާނެއެވެ.
ކޯވިޑް-19 ގެ، މިވަގުތު މި އޮތް ޙާލަތައް ވުރެ ގޯސް ޙާލަތަކަށް ރަށުގެ ޙާލަތު ބަދަލުވެއްޖެނަމަ ފިތުރުޒަކާތް ނަގައި ބެހުމުގައި ދިމާވެދާނެ ދަތިތަކަށްޓަކައި ވީހާވެސް އަވަހަކަށް ފިތުރުޒަކާތް ދެއްކެވުމަށް ދަނަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.