ދިވެހިރާއްޖެ
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން މިއަހަރު ރަމަޟާންމަހު ރަސްމީކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް އެކަންޏެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ 03 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރު ތެރޭގައި ޢާންމުކޮށް ކައި އުޅުނު ހަނޑުލުގެ (ގޮވާމުގެ) ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުން ހަމަޖެހިފައި ވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.
6-އާޓާފުށް |
5-އާދައިގެފުށް |
4- ރަތްހަނޑޫ |
3-ބާސްމަތީހަނޑޫ |
2-ތައިލެންޑް ހަނޑޫ |
1-އާދައިގެ ހަނޑޫ |
53.00ރ. |
9.00ރ. |
44.00ރ. |
77.00ރ. |
48.00ރ. |
11.00ރ. |
ބޭންކް ޓްރާންސްފަރކޮށް ޒަކާތްދައްކަވާ ފަރާތްތަކުން ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 826 000308 7730 ނަންބަރ (ތުލުސްދޫ ކައުންސިލް އިދާރާ ) އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 9891075 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން ނުވަތަ މިއިދާރާގެ އީމެއިލްއަށް [email protected] މެއިލް ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.