މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

އިޢުލާން

1441ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

26އޭޕްރީލް 2020 ވާ އާދީއްތަ ދުވަހުނެ ފެށިގެން  21މެއި 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 10:30 ން 12:00 މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. 

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރުންވާނީ އެބަޔަކު އަހަރު ތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) އެރަށެއްގައި 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެއަދަދަށްވާ އަގެވެ.

އާދައިގެ ހަނޑޫ

ތައިލެނޑް ހަނޑޫ

ބާސްމަތީ އާދައިގެ ހނަދޫ

ބާސްމަތީ މޮޅު ހަނޑޫ

ބާސްމަތީ އެންމެ މޮޅު ހަނޑޫ

ރަތްހަނޑޫ

އާދައިގެ ފުޑް

އާޓާފުށް

-/12 (ބާރަ ރުފިޔާ)

-/48 (ސާޅިސްއަށްރުފިޔާ)

-/60 (ފަސްދޮޅަސް ރުފިޔާ)

-/84 (އަށްޑިހަ ހަތަރު ރުފިޔާ)

-/96 (ނުވަދިހަ ހަރުފިޔާ)

-/72 (ހަތްދިހަ ދެރުފިޔާ)

9.6 (ނުވަރުފިޔާ ހަލާރި)

-/48 (ސާޅިސްއަށްރުފިޔާ)

 މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވެފައި ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން އެދެވިގެންވަނީ އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރުން ކަމަށް ފެންނާތީ ތިރީގައިވާ އެކައުންޓަށް ޒަކާތަށް ދައްކަން ޖެހޭ މިންވަރު ޖަމާކުރައްވަމުން ގެންދެވުމަށް ބާރުއަޅާ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ޖަމާކުރެއްވުމަށްފަހު ސްލިޕް  9909668/ 7575623 އަށް ވައިބަރ ނުވަތަ މެއިލް [email protected] މެއިލް ކުރެއްވުން އެދެމެވެ. ސްލިޕް ފޮނުއްވާއިރު ފައިސާދެއްކި މީހުންގެ އަދަދު، ގޭގެ ނަން ލިޔުއްވަން ވާނެއެވެ.

އެކައުންޓް ނަން:     1346 ރެވެނިއު 2

އެކައުންޓް ނަންބަރު: 7717-700400-002

ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކއި އިއުލާނު ކުރީމެވެ.

 29ޝައުބާން 1441

22 އޭޕްރިލް 2020
ހޯދާ