ދިވެހިރާއްޖެ
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން މިއަރު ރަމަޟާންމަހު ރަސްމީކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް އެކަންޏެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ 03 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ (ގޮވާމުގެ) ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުން ހަމަޖެހިފައި ވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.
ބޭންކް ޓްރާންސްފަރކޮށް ޒަކާތްދައްކަވާ ފަރާތްތަކުން ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 004 700294 7706 ނަންބަރ (ޚަރަދު އެކައުންޓް 2) އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 7318831 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތް (އާދައިގެ ހަނޑޫ، ހުދުހަނޑޫ، ބާސްމަތީ، އާޓާފުށް، ގޮދަންފުށް، ރަތްހަނޑޫ) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.
ކޮވިޑް 19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔަތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށްޓަކައި މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.
އާދައިގެ ހަނޑުލުން މީހަކަށް |
ތައިލެންޑް ހުދު ހަނޑުލުން މީހަކަށް |
ބާސްމަތީ ހަނޑުލުން |
އާޓާފުށުން މީހަކަށް |
ގޮދަންފުށުން މީހަކަށް |
ރަތް ހަނޑުލުން މީހަކަށް |
-/12ރ |
-/48ރ |
-/60ރ |
-/48ރ |
-/12ރ |
-/75ރ |