ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ބިރު އިންތިހާއަށް ބޮޑުވެފައި ވާތީ ރަށުގެ ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން މި އިދާރާގެ (IUL)266/266/2020/43 (21 އޭޕްރިލް 2020) ނަންބަރު އިޢުލާން އިން ކުޅުދުއްފުށި ސިޓީގައި ހިންގައިފައިވާ ކާފިއުގެ މުއްދަތު 7 (ހަތެއް) ދުވަހަށް އިތުރުކޮށް 01 މެއި 2020 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.   

ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ2020/39  ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް)ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންނެވެ.

ކާފިއު އިޢުލާނު ކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އަންގަމެވެ.

މިހާތަނަށް ހިންގުނު ކާފިއުއަށާއި މި އިދާރާގެ އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ. ކުރިއަށް އޮތް ތަނުގައިވެސް ބަލި ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ދެއްވައި މުއައްސަސާތަކުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ބޯލަބައި ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރަމެވެ.   

23 އޭޕްރިލް 2020
ހޯދާ