ދިވެހިރާއްޖެ
އާންމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި މިނިސްޓްރީއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތުން.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2020/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާންކުރައްވާފައިވާ ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ޅ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުއަށް ލިބިދޭ ބާރުގެ ދަށުން، 17 އޭޕްރިލް 2020 އިން 14 ދުވަހަށް އިތުރުކޮށްފައިވާއިރު، މި އަމުރު ތަންފީޒުކުރުމުގެ ގޮތުން 2020 އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.
މި ނާޒުކު ޙާލަތުގައިވެސް މި މިނިސްޓްރީގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމަކަށްވާތީ، މި މިނިސްޓްރީއިން ޚިދުމަތް ދިނުމުގެ އިންތިޒާމްތައް މިވަގުތައް ހަމަޖެހިފައިވާގޮތް ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
ޚިދުމަތުގެ ބާވަތް |
ޚިދުމަތް ލިބިގަންނަ ފަރާތުން ޢަމަލުކުރަންވީގޮތް |
އޮފީހާގުޅޭ އާންމު ކަންކަމުގައި މަޢުލޫމާތު ލިބިގަތުމަށް. |
ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 14:00 އަށް 3004300/3004302 ނަންބަރު ފޯނުން. |
"މަގޭހިޔާވެހި" ހެލްޕްޑެސް އަށް ގުޅުއްވުމަށް. |
ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 14:00 އަށް 3021500/3021503 ނަންބަރު ފޯނުން. |
މިނިސްޓްރީއިން ވަކި ގޮތަކަށް ހުށަހެޅުމަށް އެދި ޢިއުލާން ކުރެވިފައިވާ ތަކެތި ފިޔަވައި، މިނިސްޓްރީއަށް ހުށަހަޅުއްވާ ސިޓީއާއި ތަކެތި ބަލައިގަތުން. |
އީ-ގަވް ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުން. |
މިނިސްޓްރީއާއި ގުޅުން ހުރި ކަމެއްގައި އެމަރޖެންސީކޮށް މިނިސްޓްރީއަށް މެސެޖްކުރެއްވުމަށް. |
ނަންބަރ 7950712 އަށް ވައިބަރ/ ވަޓްސްއަޕް/ ޓެލެލެގްރަމް މެސެޖް ކުރެއްވުން.
|
22 އެޕްރީލް 2020މ.