މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 23 އޭޕްރިލް 2020 12:23 ގައި ބާތިލް ކުރެވިފައެވެ.


    ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2020/09 (14 އޭޕްރީލް 2020) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުޞަޠު ހުޅުވާލަމެވެ.

    ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 27 އޭޕްރީލް 2020 ވަނަ ދުވަހުގެ ހެނދުނު 11:00އަށް ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް:   30 އޭޕްރީލް 2020
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި:     11:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓު

    މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާއިރު ކުންފުންޏަކުންނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 އޭޕްރިލް 2020
ހޯދާ