ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި މުޙިއްމު ޚިދުމަތްތައް ފޯރުކޮށް ދިނުމާއި ގުޅޭ

 ކޮވިޑް 19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރައްވާފައިވާ މުއްދަތުގައި މި އިދާރާއިން  އުފަން ދުވަހުގެ ރެޖިސްޓަރީ އާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ، އަދި ބުދަ ދުވަހުގެ 10:30 އިން 12:00 އަށް ކަމުގައި ދަންނަވަމެވެ. ނަމަވެސް 20 އޭޕްރިލް2020 ވާ ހޯމަ ދުވަހު މި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފަނުވާ ކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މި ޙިދުމަތްތައް ހޯދަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 9531312 ނަންބަރަށް ވައިބަރ މެދުވެރިކޮށް ފުރިހަމަ ނަން، ގުޅޭނެ ނަންބަރު އަދި ބޭނުންވެލައްވާ ޚިދުމަތް ހިމެނޭގޮތަށް މެސެޖް ކުރެއްވުން އެދެމެވެ.

ކޮވިޑް-19 އާއި ގުޅިގެން ދޭންޖެހޭ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް 24 ގަޑިއިރު ދިނުމަށް ވަނީ ހަމެޖެހިފައިވެއެވެ. ޝޯސަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތައް ހޯއްދެވުމަށް ކައުންސިލް އިދާރާއަށް ވަޑައި ގަތުމުގެ ބަދަލުގައި 6527173 އަށް ގުޅުއްވުން އެދެމެވެ.

19 އޭޕްރިލް 2020
ހޯދާ