ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުލާސްރޫމެއް ސައުންޑްޕްރޫފް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާންގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

         އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުލާސްރޫމެއް ސައުންޑްޕްރޫފް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާންގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 

މި ޔުނިވަރސިޓީގެ ނަންބަރު : IUL)170-PR/170/2020/42 (15 އޭޕްރީލް 2020) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުލާސްރޫމެއް ސައުންޑްޕްރޫފް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާނުގައި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚުކަމުގައިވާ 20 އޭޕްރީލް 2020 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައިވީނަމަވެސް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮއްނާނެވާހަކަ ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާއި ގުޅިގެން ދިވެހިރާއްޖޭގައި ފުރަބަންދު އިޢުލާނުކޮށްފައިވާތީވެ،މަތީގައި ބަޔާންކޮށްފައިވާ ތާރީޚްގައި އަންދާސީ ހިސާބު ބަލައިގަތުން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އަދި އަންދާސި ހިސާބު ހުށަހެޅުން އޮންނާނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެވާހަކަ ދަންނަވަމެވެ.

 

މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު:   3022120/3022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

19 އޭޕްރިލް 2020
ހޯދާ