ދިވެހިރާއްޖެ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ހާއްސަ ފިޔަވަޅުތައް އެޅުމަށް އެޗް ޕީ އޭ ގެ ނަންބަރު 36/2020 އެންގުމުގައި ކަނޑަ އަޅުއްވާފައިވާތީ، 2020 އޭޕްރީލް 17 ވީ ހުކުރު ދުވަހުގެ 18:00 އިންފެށިގެން ތިރީގައި މިވާ ފިޔަވަޅުތައް މިރަށުގައި އެޅުމަށް މިކައުންސިލުން ނިންމައިފީމެވެ.
1- ޞަރޫރީ ބޭނުމެއްގައި މެނުވީ މިރަށަށް އެއްވެސް އުޅަނދެއް ލަފާފުރުމަކީ މަނާކަމެކެވެ. ޒަރޫރީ ބޭނުމެއްގައި މިރަށަށް ލަފަންވާނީ އަދި މިރަށުން ފުރަންވާނީ ކޮވިޑް-19 ޓާސްކް ފޯސް ގެ ނަންބަރު / 7915336 7939317 / 7583133 / 7909133 / 9810044 ފޯނަށް ގުޅުއްވާ ހުއްދަ ހޯދައިގެނެވެ. އަދި މިރަށަށް ލަފާ ފުރާ އެންމެހާ އުޅަނދު މިރަށު ރަސްމީ ޖެޓީ ފިޔަވާ އެހެން އެއްވެސް ސަރަހައްދަކަށް ލަފާ ފުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
2- ދިރިއުޅޭ ގޭބިސީފިޔަވައި، އަމިއްލަ ތަންތަނާއި އާނމު ތަންތަންވެސް ހިމެނޭގޮތުން އެއްވެސް ތަނެއްގައި ގިނަބަޔަކު އެއްވެ އުޅުން ހުއްޓައިލުން، ވަކިންހާއްސަކޮށް ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރު ދިއުމާއި މޫދަށް އެރުމާއި ކުޅިވަރު ކުޅުމާއި، އިޖްތިމާއި އެނޫންވެސް ހަރަކާތްތައް ބޭއްވުންވެސް ހުއްޓައިލުން، މިގޮތުން މިރަށުގެ ހުޅަނގު ތުނޑިޔަށް އާނމުން ދިޔުމާއި ރަށުގެ އެންމެހާ އިޖްތިމާއީ ސަރަހައްދުތަކުގައި މީހުން މަޑުކޮށްގެން ތިބުން މަނާކުރުން.
3- ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް އަމަލުކުރުމާއި، ޟަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައި ދުރުކަން ބެހެއްޓުން
4- ވޭތުވެދިޔަ ތަނުގައި މާލެއިންނާއި ރިސޯޓްތަކުންނާއި ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް އެންގުން
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
23 ރަޖަބު 1441
17 މާރިޗު 2020