މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ދިމާވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް، ރަމަޟާންމަހުގެ މުނާސަބަތުގައި ކޮންމެ ރައްޔިތަކަށް އިނާޔަތެއްގެ ގޮތުގައި ދިނުމަށް ކައުންސިލުން ނިންމާފައިވާ ކާބޯތަކެތި ވައުޗަރ އުޞޫލުން ދޫކޮށްދޭން ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

      ކޮވިޑް-19 އާއި ގުޅިގެން، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކުރިމަތިވަމުން އަންނަ މިއަހަރުގެ ރަމަޟާންމަހުގެ މުނާސަބަތުގައި، ރަށުގެ ކޮންމެ ރައްޔިތަކަށް ޢިނާޔަތެއްގެ ގޮތުގައި، ދިނުމަށް ކައުންސިލުން ނިންމާފައިވާ ހަނޑޫ، ހަކުރު، ފުއް، ފިޔާ އަދި މަސްދަޅު ވައުޗަރު އުޞޫލުން ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)335-AS/335/2020/32 7 އޭޕްރީލް 2020  އިޢުލާނާއި ގުޅިގެން ބިޑްހުށަހަޅާފައިވަނީ ދެ ފަރާތެއް ކަމުން އެ އިޢުލާން ބާތިލްކޮށް މި މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

      ވީމާ، މިތަކެތި  ސަޕްލައިކޮށް ވައުޗަރ އުޞޫލުން ދޫކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި މަޢުލޫމާތު ޝީޓްގައިވާ ގޮތުގެމަތިން އަންދަސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ކެނޑުން އޮންނާނީ 19 އޭޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ 13:15 ގައި މި ކައުންސިލް ގައެވެ. ގަޑީގެ ކުރިންނާއި ފަހުން ހުށަހަޅާއަންދާސީ ހިސާބުތައް ބަލއިގަތުމުގެ ފުރުސަތު ދެވެންނޯންނާނެވާހަކަ ދެންނެވީމެވެ.

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޭޕްރިލް 2020
ހޯދާ