މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ތަރާވީޙު ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

1441 ވަނަ އަހަރުގެ ރަމަޟާން މަހު މ.މަޑުއްވަރީ މަސްޖިދުއް ނަޞްރު މިސްކިތުގައި އިމާމުވެ ހިފުޡުކޮށް ނުވަތަ ޚަތިމު ބަލައިގެން ޚަތިމުކުރާގޮތަށް ތަރާވީޚް ނަމާދު އަދި ފަހު ދިހައިގައި ދަމު ނަމާދު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ހާފިޡުން ނުވަތަ ޤާރީން ނުވަތަ ޤުރުޢާން މުދައްރިސުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ހާފިޡުކަމުގެ ސަނަދާއި ، ލިބިލައްވާފައިވާ ތަޖުރިބާގެ ލިޔުންތަކާއި ވަނަވަރު އަދި މުއްދަތު ހަމަނުވާ އައ.ޑީކާޑުގެ ކޮޕީ މ.މަޑުއްވަރީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. މިކަމަށް 03 ފަރާތަށް ވުރެ ގިނަ ފަރާތުން އެދެފިނަމަ ތަރާވީޚް ނަމާދު ކުރާނެ ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ، ތަޖުރިބާގެ ލިޔުންތަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ ފަރާތެކެވެ. އިތުރު މަޢުލޫމާތު މިއިދާރާގެ އ.ޑިރެކްޓަރ މުޙައްމަދު ޝައުކަތު 7911345 އާއި ގުޅުއްވުމުން ލިބިލައްވާނެއެވެ.

ވީމާ ، މިކަމަށް އެދިލައްވާ ފަރާތްތަކުން މިކަން ކޮށްދެއްވާނެ އަގު އެނގޭ ގޮތަށް 19 އޭޕްރީލް 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހަޅުއްވައި ދެއްވުން އެދި އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.  

15 އޭޕްރިލް 2020
ހޯދާ