ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: 32/IUL)25-C1/25/2020)
އިޢުލާން
ޔޫ.އޭ.އީ.ގައި ދިރިއުޅޭ ދިވެހިންނަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ގުޅޭ
ކޮވިޑް-19 އާއި ގުޅިގެން ޔޫ.އޭ.އީ.ގައި ދިރިއުޅޭ ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 17 އޭޕްރީލް 2020 ވާ ހުކުރު ދުވަހު، މޯލްޑިވިއަން އިން ޔޫ.އޭ.އީ. އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓްގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައި ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިގޮތުން، ޔޫ.އޭ.އީ.ގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، މި ޢިއުލާނާ އެކުގައިވާ އުސޫލާއި އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ވެބްސައިޓް ލިންކް: /https://www.foreign.gov.mv/index.php/en
އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 16 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 15:00 އަށެވެ.
ޔޫ.އޭ.އީ. އަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996 އަދި 3023943 އަށް ގުޅުއްވުން އެދެމެވެ.
20 ޝަޢުބާން 1441
13 އެޕްރީލް 2020