މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ މަސްޖިދުލް އައްވާބީ އަދި ހެނބަދޫ ޕްރީސްކޫލްގައި ހުރި ޖަންގޝަންތަށް ނަރުދަމާ ނިޒާމަށް ގުޅުމުގެ މަސައްކަތް ކުރުމާއިގުޅޭ

 

 

                                ނަންބަރު: (IUL)285/285/2020/18

އިޢުލާން

ހެނބަދޫ މަސްޖިދުލް އައްވާބީ އަދި ހެނބަދޫ ޕްރީސްކޫލްގައި ހުރި ޖަންގޝަންތަށް ނަރުދަމާ ނިޒާމަށް ގުޅުމުގެ މަސައްކަތް ކުރުމާއިގުޅޭ

 

              މި އިދާރާއިން ތަކެތި ފޯރުކޮށްދިނުމުން ނ.ހެނބަދޫގެ މަސްޖިދުލް އައްވާބީ އާއި ހެނބަދޫ ޕްރީސްކޫލްގައި ހުރި ޖަންގޝަންތަށް ނަރުދަމާ ނިޒާމަށް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރިލް 2020 ވާ ބުދަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޭޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            19 ޝަޢުބާން 144

           12 އޭޕްރީލް 2020

                                                                                            

12 އޭޕްރިލް 2020
ހޯދާ