މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ބެންކޮކްގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ގުޅޭ އިއުލާން

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް

މާލެ، ދިވެހިރާއްޖެ.

ނަންބަރ:31/IUL)25-C1/25/2020)  

 

އިޢުލާން

 

ބެންކޮކްގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ގުޅޭ

 

ކޮވިޑް-19 އާއި ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 16 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ބެންކޮކްއަށް އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

 

މިގޮތުން، ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، މި ޢިއުލާނާ އެކުގައިވާ އުސޫލާއި އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

ވެބްސައިޓް ލިންކް: /https://www.foreign.gov.mv/index.php/en

 

އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 15 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިންމެންދުރު 15:00 އަށެވެ.

 

ބެންކޮކަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996  އަދި 3023943  އާ ގުޅުއްވުން އެދެމެވެ.

 

19 ޝަޢުބާން 1441

12 އެޕްރީލް 2020

12 އޭޕްރިލް 2020
ހޯދާ